ފުލުހުން މިއަދު ހޯދަން އިއުލާންކުރި ދެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަން ފުލުހުން އިއުލާންކުރީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ސިނާން ފުލުހުންނާ ހަވާލީ މިއަދު ހަވީރުގެ ވަގުތެއްގައި ފުލުސް އޮފީހަށް އަމިއްލައަށް ވަޑައިގެންނެވެ.
ސިނާން ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ރިޝްވަތުގެ ފައިސާ ނަގައި، ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތެވެ.
ސިނާނާއި އިލްހާމް ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތުމާ އެކު އެ ދެ ބޭފުޅުން ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ ދެ ބޭފުޅުން މިނިވަންކޮށްފަ އެވެ.
ހޯދަން އިއުލާންކުރި މެމްބަރު ސިނާން ފުލުހުންނާ އަމިއްލައަށް ހަވާލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ