މޫސުން ތަންނުދިނުމުން ޒަވިޔަނި ޔޫތް ފެސްޓިވަލް ފަސްކޮށްފި

ޒުވާނުންގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެއްސި ޒަވިޔަނި ޔޫތް ފެސްޓިވަލް ފަސްކޮށްފިއެވެ.މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކުރި މި ފެސްޓިވަލް މި މަހުގެ 23 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. ޔޫތު މިނިސްޓްރީން މުޅިން އަލަށް އިންތިޒާމްކޮށްގެން ތަހުވާރުގެ ނަމުގައި ބާއްވާ މި ފެސްޓިވަލްގައި 15 ދާއިރާއަކުން 85 ފަރާތެއް ބައިވެރިވެފައިވެއެވެ. ޔޫތް މިނިސްޓްރީއިން ބުނީ މި ފެސްޓިވަލް މިމަހުގެ ތޭވީސް ވަނަ ދުވަހުގެ ހަވީރު ހަތަރަކުން އެރޭ ބާރަ ޖަހަންދެން ރަސްފަންނުގައި ކުރިއަށްދާނެ ކަމަށެވެ.އަދި މީއީ ޤައުމީ ޒުވާނުންގެ ދުވަސް ކަމުގައިވާ ނޮވެމްބަރ 17 އާއި ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ދެވޭ ހަދިޔާއެއް ކަމަށް ޔޫތް މިނިސްޓްރީން ބުނޭ. މި ތަހުވާރުގައި ޒުވާން ވިޔަފާރި ވެރިންނާ، ޒީނަތްތެރިވުމުގެ ދާއިރާ އާއި، ޅެންވެރިކަމާ ލިޔުންތެރިކަމުގެ ދާއިރާއާއި، ކުރެހުމާ ތަފާތު ފަންނުވެރިކަމާ އަދި ކެއްކުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޒުވާނުން ފެނިގެންދާނެކަމަށް ޒުވާނުންގެ މިނިސްޓްރީން ބުނެއެވެ.މީ ޒުވާނުންނަށް އަމާޒުކޮށްގެން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފެސްޓިވަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ