24 ގައި ރައްޔިތުން މާލެ އެރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

މިމަހުގެ 24 ވަނަ ދުވަހު ރާއްޖޭގެ ރައްޔިތުން މާލެ އެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.Baaruthah vakivefaivaa verikamuge nizaameh kashavaru kurumah hurihaa beyfulhunves 24 July ga Male' ah vadaigannavaa! pic.twitter.com/VurzKqPfTW— Mohamed Nasheed (@MohamedNasheed) July 22, 2017ރައީސް ނަޝީދު ވިދާޅުވީ ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ކަށަވަރު ކުރުމަށް ހުރިހާ ބޭފުޅުންވެސް 24 ޖުލައި ގައި މާލެ ވަޑައި ގެންނެވުމަށް އެދިލައްވާ ކަމުގައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި މިމަހުގެ 24 ވަނަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ބާތިލްވެފައިވާކަމަށް މަޖިލީހުން ބުނެފައި ވަނިކޮށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުންބުނެފައިވަނީ 24 ވަނަ ދުވަހު ޖަލްސާ ބާއްވާނެ ކަމަށާއި މަސީހު މަޤާމުންވެސް ވަކިކުރާނެ ކަމުގައެވެ.
އަދި ރާއްޖޭގެ އެކިކަންކޮޅުތަކުން 24 ވަނަ ދުވަހު ރައްޔިތުން މާލެ އެރުމަށް އިދިކޮޅު ޕާޓީތަކުން އަންނަވާ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ