ކޯޓް އަމުރު ނުބައިކޮށް އޮތުމުން މެމްބަރު ސައުދު ހުސެއިން ދޫކޮށްލައިފި

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ފުލުހުންގެ ހައްޔަރުން ދޫކޮށްލައިފިއެވެ.
 
ސައުދު ހައްޔަރުކޮށްފައިވަނީ، މ. ކުނޫޒްގައި ހުއްޓާ ކޯޓު އަމުރެއް ދެއްކުމަށްފަހުގަ އެވެ.
 
ސައުދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވަނީ ސައުދު ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީ އެވެ. އެހެން ނަމަވެސް މި އަމުރުގައި ހައްޔަރުކުރުމަށް  ބޭނުންވާ ސަބަބުގެ ގޮތުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ނަމެވެ.
 
މި އަމުރުގައި ހައްޔަރުކުރަންޖެހޭ ސަބަބުގެ ގޮތުގައި ލިޔެފައިވަނީ ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ މީނާގެ ފުށުން މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފެންނާތީ ކަމަށެވެ.
 
ސައުދު ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީގެ 532 ވަނަ މާއްދާ އާއި 615 ވަނަ މާއްދާއާއި ހަވާލާދިނުމަށްފަހުގައެވެ.
 
މި މައްސަލައިގައި ހެކީގެ ގޮތުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީޓީއާއި ހެކިންގެ ހެކިބަހެއެވެ.
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ