ޗާންދަނީމަގުގައި އެސްޓީއޯ އާއި އެލައިޑް އިންޝުއަރެންސް އިން ހެދި އާ އިމާރާތުގައި ކެފޭއެއް ހެދުމަށް މިއަދު ހުޅުވާލައިފި އެވެ.
އެލައިޑުގެ މައި ކުންފުނި، އެސްޓީއޯ އިން ނެރުނު އިއުލާނެއްގައި ބުނީ ރެސްޓޯރަންޓެއް ނުވަތަ ކެފޭއެއް ހެދުމަށް ހަމަޖައްސާފައި ވަނީ ނުވަ ބުރީގެ އެ އިމާރާތުގެ ޓެރަހުގަ އެވެ. އެ ތަން ދެނީ ފަސް އަހަރުދުވަހަށް ކަމަށް އެ އިއުލާނުގައި ބުނެއެވެ.
އެސްޓީއޯ އިން ބުނީ ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެސްޓީއޯގެ މައި އޮފީހަށް ގޮސް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް، ޖެހިގެން އަންނަ ދުވަހުގެ ހަވީރު 4:00 ގައި އެ އޮފީހުގައި ބައްދަލުވުމެއް ބާއްވާނެ ކަމަށާއި ސުވާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ ނުވަނަވަނަ ދުވަހުގެ ގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އުމަރު ޝޮޕިން އާކޭޑް ބިލްޑިން ތަޅާލުމަށް ފަހު، އެ ތަނުގައި ނުވަ ބުރީގެ އިމާރާތެއް ހެދީ އެލައިޑާއި އެސްޓީއޯ ގުޅިގެންނެވެ. އެންމެ ތިރީ ތިން ބުރި ވަނީ އެސްޓީއޯގެ ބޭނުންތަކަށް ނަގައިފަ އެވެ.
ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ، އެސްޓީއޯ އިން ބުނި ގޮތުގައި، އަންނަ މަހުގެ 16 ގެ ކުރިންނެވެ. އަދި އެ ދުވަހުގެ ހަވީރު 4:00 ގައި ބީލަން ހުޅުވުން އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުމަރު ޝޮޕިންގ އާކޭޑުގައި ކެފޭއެއް ހަދަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ