އަބްދުﷲ ޤާޒީ ހައްޔަރުކުރުމަށް ލަފައެއް ނުދެން: ޕީޖީ މުއިއްޒު

ކްރިމިނަލް ކޯޓްގެ އިސްޤާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ލަފާދެއްވާފައި ނުވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެންވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީގައި އެކޮމެޓީގެ މެމްބަރަކު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.
އަބްދުﷲ ޤާޒީ ހައްޔަރުކުރުމަށް ލަފާދެއްވިތޯ މުއިއްޒުއާއި ސުވާލުކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒްއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރުމުގެ ކުރިން ވެސް އޭނާ ހައްޔަރު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒާއި ބަންޑާރަ ނައިބާއި ފުލުހުން ގުޅިގެން މަސައްކަތް ކުރި ކަމަށް ފުލުހުންގެ އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ކުރީގެ ހެޑް ސްޕްރިންޓެންޑެންޓް މުހައްމަދު ޖިނާހުވަނީ ވިދާޅުވެފައެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރުމަށް ފުލުހުންނައި މަޝްވަރާ ކުރެއްވިތޯ ސުވާލު ދެންނެވުމުން އެސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޕީޖީ ވިދާޅުވީ ވަރަށް ގިނަ ކަންތައްތަކާއި ފުލުހުންނާއި މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ