ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން
ރައީސް މުހައްމަދު ވަހީދު ރައްޔިތުންގެ މަޖިލީހަށް މާދަމާ ރިޔާސީ ބަޔާން އިއްވަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.ރައީސް ވަހީދު ރިޔާސީބަޔާން އިއްވަވާނީ، މާދަމާ ހެނދުނު 10 ޖަހާއިރު
ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބާއްވާ އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ
ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.ގާނޫނީ "ހައިސިއްޔަތެއް ނެތް" ރައީސަކު ރައްޔިތުންގެ މަޖިލިސް
ހުޅުއްވާދެއްވުމަކީ އެ ތަން "ތަޣައްޔަރުވުން" ކަމަށާއި އެކަމުން
ސަލާމަތްކުރުމަށް ނުކުންނަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ވަހީދުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ
މަޖިލީހުން ސަރުކާރުގެ އެއްވެސް ކަމެއް ތަންފީޒުކުރިޔަ ނުދޭނެ ކަމަށް
އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް މާދަމާގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އަމަލު ކުރާނެ ގޮތެއް އަދި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އަދި ނުނިންމަ އެވެ.
އެމްޑީޕީން މިއަދު ބުނީ އެކަން ނިންމާނީ މިއަދު ހަވީރު ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގައި ނުކުންނަ ނަތީޖާއެއްގެ މައްޗަށް ބަލާފައި ކަމަށެވެ.ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދިމާކޮށް ހަމަނުޖެހުމެއް އުފެދޭ ކަހަލަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ނުކުރުމަށް ސިފައިންނާއި ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފަ އެވެ.
ރައީސް ވަހީދު މާދަމާ ރިޔާސީ ބަޔާން އިއްވަވާނެ: ރައީސް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ