"އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރަން ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރޭ"

އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރަން ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ސ.ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.އަހްމަދު ރަޝީދު މިހެން ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލައާއި ގުޅޭގޮތުން މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުނުތާ މިހާރު 6 ގަޑިވެފައިވާ އިރު އަދިވެސް އެއްވެސް ހައްލެއް ނުލިބެއެވެ. Addu city ge karantu hahlu kuran fenaka in ekasheegenva masahkatheh nukurevumuge natheeja akee Addu city kanu adhirivun mivaguthu ves karantu neh adhi mikan hahlu kurumah fenakain ekasheegenva mashkatheh nukureve.— Ahmed Rasheed (@AraairuRasheed) September 8, 2019ދިޔަރެސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އެއް އިންޖީނުވަނީ ހަލާކުވެފައެވެ. އަދި ޕެނަލްބޯޑެއްގެ މައްސަލަވެސްވަނީ ކުރިމަތިވެފައެވެ. އައްޑޫ ފެނަކަބްރާްޗުން ރަސްމީކޮށް މިކަމާބެހޭގޮތުން އެއްޗެކޭ ބުނެފައެއް ނުވެއެވެ. އަދިވެސް އައްޑޫގެ ގުޅިފައިވާ ހިތަދޫ، މަރަދޫ މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުން ތިބީ ކަނުއަނދިރީގައެވެ. މި މައްސަލައާއި ގުޅިގެން ގިނަ އަދަދެއްގެ އައްޑޫ ރައްޔިތުންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ