މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިން ނުކުރަން އަންގައިފި

މާދަމާ އޮންނަ ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން އެއްވެސް ހަރަކާތެއް މިއަދު ހަވީރު 6 ގެ ފަހުން ނުކުރަން އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ވަނީ މިއަދު ހަވީރު 6:00 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަވާ ފަދަ ކަމެއް ނުވަތަ އިންތިޚާބަށް ނުފޫޒު ފޯރާ ފަދަ ކަމެއް ނުކުރަން އަންގާ ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާގޮތުން ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6 އިން ފެށިގެން ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6 އާ ހަމައަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ.
އެގޮތުން އަޑުގަދަ ކުރާ އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ތާއީދު ހޯދަން މަސައްކަތް ކުރުމާއި ދުއްވާ އުޅަނދުތަކުގައި ވަކި ކެންޑިޑޭޓަކަށް ނިސްބަތްވާ ޕޯސްޓަރާއި ސްޓިކާ ފަދަ ތަކެތި ހަރު ކޮށްގެން ދުއްވުމަކީ ވެސް މަނާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ