އިންޞާފުގެ މަގަށް ބާރަށް މުޅި ޤައުމުގެ މިސްރާބު ބަދަލުވެގެން އަންނަ މަންޒަރު ބޮޑުކޮށް ފެންނަމުން މިދަނީ ރައްޔިތުން ނުކުމެ ބޮޑު މަންޒަރު ބޮޑުތަނުން ބަދަލު ކުރެއްވީތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ގޮނޑި ގެއްލިފައިވާކަމަށް ކުރިން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި ގުޅިގެން 12 މެންބަރުންނަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.
ޤާސިމް އިބްރާހީމްގެ ޓްވީޓުގައި ވަނީ ޤާނޫނު ހިފެހެއްޓެވީތީ އީސީގެ މެންބަރުންނަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.
"12 އެމްޕީންނަށް މަރުޙަބާ! އަދި ޝުކުރިއްޔާ! އިންޞާފުގެ މަގަށް ބާރަށް މުޅި ޤައުމުގެ މިސްރާބު ބަދަލުވެގެން އަންނަ މަންޒަރު ބޮޑުކޮށް ފެންނަމުން މިދަނީ. ރައްޔިތުން ނުކުމެ ބޮޑު މަންޒަރު ބޮޑުތަނުން ބަދަލު ކުރެއްވީތީ. އީސީގެ މެންބަރުންނަށް ޝުކުރު ދަންނަވަން ޤާނޫނު ހިފެހެއްޓެވީތީ. ކުރިއަށް ދިވެހި ޤައުމު."
އިންޞާފުގެ މަގަށް ބާރަށް މުޅި ޤައުމުގެ މިސްރާބު ބަދަލުވެގެން މިދަނީ ރައްޔިތުން ނުކުމެ ބޮޑު މަންޒަރު ބޮޑުތަނުން ބަދަލު ކުރީތީ: ޤާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ