ހޯޑެއްދޫއިން ކަރަންޓް ކެނޑިއްޖެ

ގދ.ހޯޑެއްދޫ އިން ކަރަންޓް ކެނޑިއްޖެ އެވެ.
އެ ރަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ މިރޭ 10:30 ހާއިރު އެވެ.
"ވަގުތަށް" މައުލޫމާތުދެއްވަމުން ހޯޑެއްދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ކަަރަންޓް ދިޔުމުން ފެނަކައަށް ގުޅަން ކުރި މަސައްކަތް އަދި ކާމިޔާބުވެފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންޖީން މިރޭ މުޅިން އެއްކޮށް ހަލާކުވިއިރު މީގެކުރިން ވެސް މައްސަލަތަކެއް އިންޖީނުގައި ހުރިކަން އެނގޭ ކަމަށެވެ.
"މައްސަލަތަށް އުޅޭތީ މަގުމަތީ ބައްތިތަށް ވެސް ނުދިއްލާ މިދަނީ. އެންމެފަހުން މިރޭ އެއްކޮށް ދިޔައީ" ކައުންސިލަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ