މާލޭގެ ބޮޑު ސަރަޙައްދަކުން ކަރަންޓް ކެނޑިިއްޖެ

މިއަދު މާލޭގެ ބޮޑު ސަރަހައްދަކުން އަނެއްކާވެސް ކަރަންޓް ކެނޑިއްޖެއެވެ.
ކަރަންޓް ކެނޑުނުތާ 2 ގަޑިއެއްހާއިރު ފަހުން އަލުން ކަރަންޓްދޭން ފަށާފައިވާއިރު ސްޓެލްކޯއިން ވިދާޅުވީ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑެން ދިމާވި ސަބަބަކީ މާލެއަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުންދާ މައި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ
ހެނދުނު 10.00 ޖެހިއިރު މާލޭގެ ގާތްގަނޑަކަށް 80 އިން ސައްތަ ހިސާބުތަކުން ކަރަންޓް ކެނޑިގެން ދިޔަ ނަމަވެސް ކުޑަ ވަގުތުކޮޅެއް ތެރޭގައި މާލޭގެ ބޮޑުބަޔަކަށް ވަނީ އަލުން ކަރަންޓްދޭން ފަށާފައިކަމުގައިވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.
މިމަހުވެސް ވަނީ އެމްޑަބްލިއުއެސްސީގައިހުރި ޓްރާންސްފޯމަރެއްގައި އާތްފޯލްޓެއް ދިމާވެގެން މުޅި މާލެއިން ކަރަންޓާއި ފެނުގެ ޚިދުމަތްވެސް ކެނޑިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ