މެދުކަނޑާލާފައިވާ އެސްޓީއޯ މާލޭ ލީގުގެ ކުޅުން މާދަމާ ހަވީރު ފަށަން ނިންމައިފި އެވެ.
ލީގުގެ ކުޅުން ހުސްވި މަހުގެ 13 ވަނަ ދުވަހު މެދުކަނޑާލީ ރާއްޖޭގައި އެދުވަސްކޮޅު ހަލުވިކަމާއެކު ފެތުރެމުންދާ H1N1 ވައިރަހާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށް އެފްއޭއެމުން ވަނީ މީގެ ކުރިން ބުނެފައެވެ.
އެފްއޭއެމްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން މާދަމާ އަލުން ލީގުގެ ކުޅުން ފަށާއިރު، މާދަމާ ވަނީ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. އަދި ލީގުގައި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ނިއު އާއި ކުލަބް ވެލެންސިއާ އެވެ.
މާލޭ ލީގުގެ ކުޅުން މެދުކަނޑާލާފައިވާ އިރު، ލީގުގައި އަދި މިހާތަނަށް ކުޅެފައި ވަނީ މަދު މެޗުތަކެކެވެ. އެގޮތުން ލީގުގައި ވާދަކުރާ ބައެއް ޓީމުތަށް ތިން މެޗު ކުޅެފައިވާ އިރު، އަނެއްބައި ޓީމުތަކަށް ކުޅެވިފައި ވަނީ އެންމެ މެޗެކެވެ.
މާލޭ ލީގުގެ އެއް ވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އަދި އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެޓީމުގެ ފަހަތުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން މާޒިޔާ ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އީގަލްސް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.
މެދުކަނޑާލާފައިވާ އެސްޓީއޯ މާލޭ ލީގުގެ ކުޅުން މާދަމާ ހަވީރު ފަށަން ނިންމައިފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ