ފަސްޓް އިންޓަރ ސްކޫލް ޒޯން ނެޓްބޯޅަ މުބާރާތް: ހުރިހާ އުމުރުފުރާއެއްގެ ޗެމްޕިއަންކަން އަފީފުއްދީން ސްކޫލަށް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް) އިން ބާއްވާ ފަސްޓް އިންޓަރ ސްކޫލް ޒޯން ނެޓްބޯޅަ މުބާރާތުގެ ޒޯން 1 ގެ ހުރިހާ އުމުރުފުރާއެއްގެ ޗެމްޕިއަންކަން ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުން ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅެވުނު ފައިނަލުގައި 13 އަހަރުން ދަށުގެ އުމުރުފުރާއިން އަފީފުއްދީން ސްކޫލް ޗެމްޕިއަންކަން ހޯދީ 20 - 2 ން ޖަލާލުއްދީން ސްކޫލް ބަލިކޮށެވެ. އެމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފީފުއްދީނުގެ ގޯލް އެޓޭކް މަރިޔަމް ނާޔާ އެވެ.
އިއްޔެ ރޭ ކުޅެވުނު 15 އަހަރުން ދަށުގެ ފައިނަލު މެޗުން އަފީފުއްދީން މޮޅުވީ ފޯރިގަދަ ކުޅުމަކަށް ފަހު 20 - 19 އިން ކުމުންދޫ ސްކޫލް އަތުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފީފުއްދީނުގެ ގޯލް ޑިފެންސް އައިޝަތު ހަނާން ހަސަން އެވެ.
މިއަދު ހަވީރު 17 އަހަރުން ދަށުގެ ފައިނަލު މެޗު ކާމިޔާބުކޮށް ހުރިހާ އުމުރުފުރާއެއްގެ ޗެމްޕިއަންކަން ހޯދާ އަފީފުއްދީނުން މިވަނީ ފުރިހަމަ ރެކޯޑެއް ހަދާފަ އެވެ. ފުރަތަމަ އިންޓަރ ސްކޫލް ޒޯން މުބާރާތުގައި ހުރިހާ ކެޓަގަރީއަކުން ފަހުރުވެރި އެއްވަނަ ހާސިލްކޮށްފަ އެވެ.
މިއަދު ކުޅެވުނު ފައިނަލުގައި އަފީފުއްދީނުން ނުކުތީ ޖަލާލުއްދީނާ ދެކޮޅަށެވެ. މިމެޗު އަފީފުއްދީން ސްކޫލުން ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ. މިމެޗުގައި އަފީފުއްދީނުން 33 ޕޮޓް އެޅިއިރު ޖަލާލުއްދީނަށް އެޅުނީ 5 ޕޮޓެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އަފީފުއްދީނުގެ ގޯލް ކީޕަރ ހަމްދާ ހަސަން ހަމީދެވެ.
އަފީފުއްދީން ސްކޫލް-- ފޮޓޯ: ކުޅުދުއްފުށި ސްޕޯޓްސް އަޕްޑޭޓް ފޭސްބުކް ޕޭޖް
13 އަހަރުން ދަށުގެ އުމުރުފުރާ:
ޗެމްޕިއަން ޓީމް: އަފީފުއްދީން ސްކޫލް - 20 ޕޮޓް
ރަނަރއަޕް ޓީމް: ޖަލާލުއްދީން ސްކޫލް - 02 ޕޮޓް
އެންމެ މޮޅު ހަތް ކުޅުންތެރިން:
އައިމިނަތު އައުހާ އަބްދުލް ރަހްމާން (އަފީފުއްދީން ސްކޫލް)
މަރިޔަމް ލިމްޔާ (ނެއްލައިދޫ ސްކޫލް)
އައިމިނަތު އީމާން އަބޫބަކުރު (އަފީފުއްދީން ސްކޫލް)
އައިޝަތު ނަބާހަތު އަހްމަދު (އަފީފުއްދީން ސްކޫލް)
އައިޝަތު ޝާޔަން (ފުނަދޫ ސްކޫލް)
އައިމިނަތު ނައިނާ އަބްދުﷲ (ޖަލާލުއްދީން ސްކޫލް)
13 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗު: ހަސީނާ ހަސަން (އަފީފުއްދީން ސްކޫލް)
15 އަހަރުން ދަށުގެ އުމުރުފުރާ:
ޗެމްޕިއަން ޓީމް: އަފީފުއްދީން ސްކޫލް - 20 ޕޮޓް
ރަނަރއަޕް ޓީމް: ކުމުންދޫ ސްކޫލް - 19 ޕޮޓް
އެންމެ މޮޅު ހަތް ކުޅުންތެރިން:
އައިޝަތު ހަނާން ހަސަން (އަފީފުއްދީން ސްކޫލް)
މިރާޝާ (ކުމުންދޫ ސްކޫލް)
ރާހާ އަބްދުލް ރައްޒާގް (އަފީފުއްދީން ސްކޫލް)
ފާތިމަތު ރިމްޝާ މުހައްމަދު (ކުމުންދޫ ސްކޫލް)
ރިފާޝާ އަބްދުލް ހަމީދް (އަފީފުއްދީން ސްކޫލް)
އައިމިނަތު ޒައިބާ ހަމީދު (އަފީފުއްދީން ސްކޫލް)
މަރިޔަމް މިޝްގާ އަހްމަދު (ކުމުންދޫ ސްކޫލް)
15 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗު: ނަބީލާ އިސްމާއިލް (އަފީފުއްދީން ސްކޫލް)
17 އަހަރުން ދަށުގެ އުމުރުފުރާ:
ޗެމްޕިއަން ޓީމް: އަފީފުއްދީން ސްކޫލް - 33 ޕޮޓް
ރަނަރއަޕް ޓީމް: ޖަލާލުއްދީން ސްކޫލް - 05 ޕޮޓް
އެންމެ މޮޅު ހަތް ކުޅުންތެރިން:
ލަމްޔާ އަބްދުﷲ (އަފީފުއްދީން ސްކޫލް)
އައިޝަތު އަމަތުﷲ (ޖަލާލުއްދީން ސްކޫލް)
މަރިޔަމް ޝަހާމާ މުހައްމަދު (އަފީފުއްދީން ސްކޫލް)
މަރިޔަމް ސައުޝަން ބަޝީރު (ޖަލާލުއްދީން ސްކޫލް)
މަރިޔަމް އަހްމަދު (އަފީފުއްދީން ސްކޫލް)
އަޔާނާ އަބްދުލް ރަޝީދު އަހްމަދު (އަފީފުއްދީން ސްކޫލް)
ފާތިމަތު ޝައިހާ އަސްލަމް (އަފީފުއްދީން ސްކޫލް)
17 އަހަރުން ދަށުގެ އެންމެ މޮޅު ކޯޗު: ނާޝިދާ މޫސާ (އަފީފުއްދީން ސްކޫލް)
އަފީފުއްދީން ސްކޫލުން ހުރިހާ އުމުރުފުރާއަކުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެ އެވެ.
ޒޯން 1 ގެ ހުރިހާ އުމުރުފުރާއަކުން ޗެމްޕިއަންކަން ހޯދާ އަފީފުއްދީނުން ސްކޫލުން މުޅި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ނެޓްބޯލް އެސޯސިއޭޝަނުން ބޭއްވި މިކަހަލަ މުބާރާތަކުން ކުޅުދުއްފުށީގެ ސްކޫލަކުން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީކަން ވެސް ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ