ކޯލިޝަން އެއްބަސްވުމާއި ޚިލާފުވުމުން މަޑުން ތިބެނީ، ގާނޫނާއި އެއްގޮތަށް ކަން ކުރޭތޯ ބަލަން: ގާސިމް

‏މިހާތަނަށް ޖޭޕީއާއި އެކު ކޯލިޝަން ހަދައިގެން އައި އެއްވެސް ސަރުކާރަކުން، އެ ޕާޓީއާއި އެކު ހެދިފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަންކަން ނުކުރާ ކަމަށާޒ އެހެން ނަމަވެސް، އެ ޕާޓީން މަޑުން ތިބެނީ ސަރުކާރުން ގާނޫނާއި އެއްގޮތަށް، ކަންކަން ކުރޭތޯބަލަން ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 
ގާސިމް ބައިވެރިވެ ވަޑައިގެން މިއަދު ޖޭޕީން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަން ގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އައު ގާނޫނު އަސާސީ އަށްފަހު އަދި ހުރިހާ ވެރިކަމެއް ވެސް އައީ ޖޭޕީގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ. އަދި އެ ގެންނަ ސަރުކާރުތަކުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާއި އެއްގޮތަށް ކަންކަން ނުވުމަކީ އެޕާޓީން އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 
"އަޅުގަނޑުމެންނާ އެކީގައި ހެދިފައިވާ ކޯލިޝަން އެއްބަސްވުމާއި އެއްގޮތަށްވެސް އެއްވެސް ސަރުކާރަކުން ކަންތައް ނުކުރިޔަސް އަޅުގަނޑުމެން މަޑުން ތިބެނީ ގާނޫނާއި، ގަވާއިދާ އެއްގޮތަށް، ކަންކަން ކުރޭތޯބަލަން. އޭތެރޭގައި ގާނޫނާއި އެއްގޮތަށް ކަންކަން ކުރާނަމަ، ރާއްޖޭގެ އިސްލާމްދީނާއި އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ހިފޭއްޓިގެން ދާނެ ކަންތައްތަކެއް މީގެތެރޭގައި ހިމެނިގެން ދާނެކަން ހަމަކަށަވަރު.
ގާސިމް އިބްރާހިމް 
ނަމަވެސް އެފަދައިން ކަން ނުވުމުން، އެކަމާއި ދެކޮޅަށް ނުކުތުމަކީ އެމަނިކުފާނު ގެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެ ޒިންމާ އަދާކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރުވެސް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަންކަން ރާއްޖޭގެ ރައްޔިތުންނަށް ގެނައުމަށްޓަކައި މިއީ އަޅުގަނޑުގެ ބޮލުގައި އެޅިފައިވާ ވާޖިބެއްކަމުގައި ވާތީ އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތްތައް މިކުރަނީ. މިކަންކަމަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ވޯޓިދިނުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން” 
ގާސިމް އިބްރާހިމް 
އައު ގާނޫނު އަސާސީ އެކުލަވާލުމާއި އެކު 2008 ވަނަ އަހަރުން ފެށިގެން ބޭއްވުނު ހުރިހާ އިންތިހާބެއްގައި ވެސް، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ކަނޑައެޅުމުގައި ޖޭޕީގެ ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން، ދެވަނަ ބުރަށް ދިޔަ ފަހަރު ތަކުގައިވެސް، އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ޖޭޕީ ކޯލިޝަން ހަދާ ޕާޓީންނެވެ.
އެހެން ނަމަވެސް، ވެރިކަން ލިބުމުން އެއްވެސް ސަރުކާރަކުން އެކަން ހަނދާން ނުހުންނަކަން މީގެ ކުރިން ވެސް ގާސިމް ވަނީ އެކި ފަހަރުމަތިން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ