ނަސަންދުރަ ހޮޓަލްގައި އަލިފާނުގެ ހާދިސާއެއް

މާލޭގައި ހުރި އެންމެ ބޮޑު ސިޓީ ހޮޓާ ބާސެލޯ ނަސަންދުރާގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ. 
ވީ ކިހިނެއް؟ - މިއަދު ހެނދުނު 10:30 އެހާއިރު އަލިފާން ރޯވެފައި ވަނީ ބާސެލޯނާގެ އިމާރާތުގެ އިރުމަތީކޮޅުގައި ހުންނަ އެ ހޮޓަލްގެ ޑަސްޕިންތައް ބަހައްޓަން ހާއްސަކޮށްފައިވާ ތަނުގަ އެވެ. 
ތަފްސީލް - ސިފައިން މިއަދު ބުނި ގޮތުގައި:
ކުނިތަކުގައި ރޯވި އެ އަލިފާންގަނޑު ބޮޑުވެ ފެތުރުމުގެ ކުރިން އެ ހޮޓަލްގެ މުވައްޒަފުން ވަނީ އަލިފާން ނިއްވާލައިފައި 
އަލިފާން ހިފުމާއެކު، އެ ސަރަހައްދުގައި ބޯ ދުން ފެތުރުނު 
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވާ ކަމަށް
އެ އަލިފާނުގައި ހޮޓަލްގެ އިމާރާތަށް ގެއްލުންތަކެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ