ނ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފި ދެކުނުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސްވާނެ: މެޓް ދެކުނުގެ ހަތަރު އަތޮޅަށް ވައިޓް އެލާޓް ނެރެފި ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލަރޓް، 50 މޭލަަށް ވައި ގަދަވާނެ! މަގުބޫލު ލިޔުންތައް ހަމ

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ދެމެދުގެ ރަށްތަކަށް މިއަދު 07:30 އިން 13:30 އަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ގިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު 09:00 އިން 13:00 އަށް ނ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. މިގޮތުން މި ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ