ފިލްމީ ދާއިރާގެ މައްސަލަތައް ބެހިގެން ދަނީ ދެ ބަޔަކަށެވެ. އެއް ބަޔަކީ ފީކަޅާ ފިލްމުތަކުގެ ހާއްޔެވެ. އަނެއް ހާއްޔަކީ "ފިލްމީ ދާއިރާގެ ކަސޯޓީ" އެވެ. މިހެން ބުނެވޭ ބަހުގެ މާނަ އަކީ ފިލްމީ ދާއިރާގެ ފަންނާނުންގެ މެދުގައި އޮންނަ ހަސަދަވެރިކަމާއި ތަޢައްޞުބުގެ ރޯގާ އެވެ.
ބައެއް މީހުން ބުނާ ގޮތުން މި ބަލިމަޑުކަމުގެ އަސްލު ގުޅިފައި ވަނީ ފިލްމީ ދާއިރާގައި ކުރިން ރަސްކަންކޮށް ރަނިކަންކުރި ވާދަވެރި ދެ ޑައިރެކްޓަރުން ކަމަށްވާ ޓެޑްރީ މުހައްމަދު ނިޔާޒާއި ފާތިމަތު ނަހުލާއާ އެވެ. ނަފުސުގެ ކަތިލުންތަކާއި ޒާތީ ތަޅާފޮޅުންތައް ފިލްމީ ދާއިރާ އިން އެންމެ ބޮޑަށް ފެނިގެން ދިޔައީ "ނަހޫ-ސްޓައިލް" ފައްކާކުރި މާޕާގެ ޒަމާނުގަ އެވެ.
ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފިލްމީ ދާއިރާ ކުރި ނާރައި، ކުރިއަށް އަޅާ ފިޔަވަޅު ފަހަތަށް އަޅަން މަޖުބޫރު ވަނީ މޫމިން އާއި ޝިފާއުމެން ފަދަ ހުނަރުވެރިން ގެނެސްދޭން މަސައްކަތްކުރާ ތަރައްގީ އަށް ފިލްމީ ދާއިރާގެ އެތެރެއިން ދޭ ހަމަލާތަކާ ހެދި ކަމެވެ. އަބަދު އެއްގޮތަކަށް ހުރިހާ ކަމެއް ކާމިޔާބުނުވާނެކަން އެއީ އެންމެން ވެސް ގަބޫލުކުރަން ޖެހޭ އަސާސީ ވިސްނުމެކެވެ.
ފިލްމީ ދާއިރާގެ ކަސޯޓީ: ޓެޑްރީ އާއި ނަހުލާގެ ތަޅާލުންގަނޑަށް ފަހު ވެސް ނުނިމުނު ޑްރާމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ