ނެދަލެންޑްސްގެ ވޯލްޑް ކަޕް ހުވަފެން ފެނަށް، ޕެނަލްޓީން މޮޅުވެ މޮރޮކޯ ގަދަ 16 އަށް
ޕެނަލްޓީ ޖަހައިގެން ވަރުގަދަ ނެދަލޭންޑްސް ބަލިކޮށް މޮރޮކޯއިން މުބާރާތުގެ ގަދަ 16 އިން ތާރީޚީ ޖާގައެއް ހޯދައިފިއެވެ. މެކްސިކޯގެ މޮންޓެރޭ ސްޓޭޑިއަމްގައި ކުޅުނު މި ކުރިމަތިލުމުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓް މޮރޮކޯއިން ކާމިޔާބުކުރީ 3-2 އިންނެވެ. މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު މޮރޮކޯއިން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެ ޓީމުގެ ވަރުގަދަކަން އަނެއްކާވެސް ސާބިތުކޮށްދިން ނަތީޖާއެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، ދެވަނަ ހާފަށް ނިކުމެ ނެދަލޭންޑްސްއިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ 72 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުނަރުވެރި ފޯވާޑް ކޯޑީ ގަކްޕޯއެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި ނެދަލެންޑްސްއާ ވާދަކޮށް މޮރޮކޯ މެޗުން މޮޅުވުމާއެކު ޓީމުގެ ކުޅުންތެރިން-- ނެދަލޭންޑްސްއިން މެޗުން މޮޅުވެ، ގަދަ 16 އަށް ދަތުރުކުރަން ތައްޔާރުވަމުން ދަނިކޮށް، މޮރޮކޯއިން ވަނީ މެޗުގެ ފަހު މިނެޓުގައި ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 90 ވަނަ މިނެޓުގައި މޮރޮކޯގެ އީސާ ދިއޮޕް ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ލަނޑެއް ޖަހައި، ނަތީޖާ އެއްވަރުކޮށް މޮރޮކޯއަށް އުންމީދު އާކޮށްދީފައެވެ. ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ 30 މިނެޓުގައިވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ. ޕެނަލްޓީ ދިފާއުކުރުމުގައި މޮރޮކޯގެ ތަޖުރިބާކާރު ކީޕަރު ޔާސީން ބޫނޫ ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. ނެދަލޭންޑްސްގެ ޔާސްޓިން ކްލައިވަރްޓް، ކްއިންޓަން ޓިމްބަރ އަދި ކްރިސެންސިއޯ ސަމަރވިލް ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، ސަމަރވިލް ފޮނުވާލި ފަހު ޕެނަލްޓީ ބޫނޫ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްދައެވެ. މޮރޮކޯ މޮޅުވި ފަހު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިސްމާއިލް ސައިބާރީއެވެ. މެޗުން މޮޅުވި ޕެނަލްޓީ ސައިބާރީ ކާމިޔާބުކުރުމަށްފަހު-- މުބާރާތުގެ ގަދަ 16 ގެ ބުރުގައި މޮރޮކޯއިން ބައްދަލުކުރަން ޖެހޭނީ ވަރުގަދަ ކެނެޑާއާއެވެ. ކެނެޑާއިން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގެ ބުރުގައި ދެކުނު އެފްރިކާ ބަލިކުރުމަށްފަހުއެވެ. މިއީ ކެނެޑާގެ ފުޓްބޯޅަ ތާރީޚުގައިވެސް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގެ މެޗަކުން އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. މޮރޮކޯ އާއި ކެނެޑާ ބައްދަލުކުރާ ގަދަ 16 ގެ ފޯރިގަދަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފެށުމަށް ތާވަލުކޮށްފައިވަނީ ރާއްޖެގަޑިން 22:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ