މިއަހަރު ހައްޖަށް ދިއުމަށް މީހުން ފުރާނީ މިމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު އެވެ.
ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެއާޕޯޓްގެ ތޮއްޖެހުން އެކަށީގެންވެދާނެތީ އެކަމަށް ދުރާލާ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިއަހަރު ހައްޖަށް ދިއުމަށް މީހުން ފުރާނީ މިމަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހު އެވެ.ފުލުހުން ބުނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މީހުން ފުރާ ދުވަސްތަކުގައި އެއާޕޯޓް ޓްރެފިކް ތޮއްޖެހުން ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއާޕޯޓުން ފުރާ އެހެން މީހުންނަށް ވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުން އެކަށީގެންވެދާނެ ކަމަށެވެ.އެހެންކަމުން ފުލުހުން ވަނީ އެ ދުވަސްތަކުގައި ފުރާ މީހުން ދުރާލާ އެއާޕޯޓަށް ގޮސް، ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، ހައްޖުވެރިންނާއެކު އެއާޕޯޓަށް ދާ ގާތްތިމާގެ މީހުންނާއި، އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ފުލުހުން އިރުޝާދުތަކާ އެއްކޮތަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.ފުލުހުން ބުނީ މި ދުވަސްތަކުގައި އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށް ގެންދިއުމަށް އިތުރު ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެއާޕޯޓް ޓްރެފިކަށް ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ