ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ އެކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ. އީސީގެ ރައީސް ވިދާޅުވީ އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތުތައް ހޯދަން ފަށާފައިވާ ކަމަށެވެ.އެ އިންތިހާބަށް ތައްޔާރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިންތިހާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރާނެ އިމާރާތެއް ހޯދުން ކަމަށް ވެސް އީސީގެ ރައީސް ޒާހިދު ވިދާޅުވި އެވެ."މިހާރު މިވަގުތަށް ބަލާނަމަ ދަރުބާާރުގެއެއް ނެތް. ބާ ޖަމާލުއްދީނެއް ނެތް. އެހެންވީމާ މާލޭގައި އެކަހަލަތަނެއް ހޯދައިގެން އެ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ.ވީހާވެސް ހަރަދު ކުޑަކޮށް އިންތިހާބު ބޭއްވޭނެ ގޮތެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ޒާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ