އެ ބަޔާނުގައި ބުނެފައި ވަނީ ކޯޓުގައި ކޮށްފައިވާ މަދަނީ ދައުވާތަކުގައި ފުލުހުންގެ އެއްވެސް ޖިނާއީ ތަހުގީގެއް ނުވަތަ ޖިނާއީ ދައުވާއެއް ނުހިމެނޭނެ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކާއިރު މައުލޫމާތުގެ ތެދުކަން ކަށަވަރު ކުރުމަށް ވެސްވެ އެވެ.
އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުށަހަޅުއްވާފައި ވަނީ މަދަނީ ދައުވާތަކެއް ކަމަށާއި، އެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގާ އެ ދައުވާތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެކަމަނާގެ ލޯޕާމުން ބުނެފި އެވެ.
މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްލާއިލް އަދި އެ ޕާޓީއާ ދެކޮޅަށް މެޑަމް ސާޖިދާ ސިވިލް ކޯޓާއި ފެމެލީ ކޯޓުގައި ދައުވާ ކުރެއްވީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދެއްކުމުންނެވެ. އެގޮތުން މަންދީ ބުނެފައި ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރުކަލުން އުމައިރު މުހައްމަދު މުއިއްޒު ވޭޕް ކުރަން ފެއްޓެވުމުން ކަމަށެވެ.އެ މައްސަލައިގައި މެޑަމް ސާޖިދާ ދައުވާ ކުރައްވާފައި ވަނިކޮށް، ފުލުހުން ހިންގާ ތަހުގީގަށް މަންދީ އަދި އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނެގުމަށް ފުލުހަށް ހާޒިރުވާން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ކޮށްފަ އެވެ. އެހެންވެ، އެއީ މެޑަމް ސާޖިދާ ހުށަހަޅުއްވައިގެން ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގެއް ކަމަށް ވާހަކަދެކެވޭތީ، އެކަމަނާގެ މަދަނީ މައްސަލަތައް ކޯޓަށް ހުށަހެޅި ކުރީގެ ބަންޑާރަ ނައިބް، އައިޝަތު އާޒިމާ ޝަކޫރުގެ ރެހެނދި ޗެމްބާސްއިން އެކަން ދޮގުކޮށް ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކޯޓުގައި ކޮށްފައިވާ މަދަނީ ދައުވާތަކުގައި ފުލުހުންގެ އެއްވެސް ޖިނާއީ ތަހުގީގެއް ނުވަތަ ޖިނާއީ ދައުވާއެއް ނުހިމެނޭނެ ކަމަށެވެ. އެފަދަ ވާހަކަތައް ދައްކާއިރު މައުލޫމާތުގެ ތެދުކަން ކަށަވަރު ކުރުމަށް ވެސް އެ ބަޔާނުގައިވެ އެވެ."މި ދައުވާތަކުގެ މަގުސަދަކީ ސިޔާސީ ކަންކަމުގެ ތެރެއިން ކުޑަކުއްޖެއްގެ ހައްގުތަކާއި ކަރާމާތް އަދި އެކުއްޖާގެ ނަފްސު ރައްކާތެރިކުރުމުން،" އެ ބަޔާނުގައިވެ އެވެ.މަންދީ އަދި މާޒް ސަލީމްގެ މައްޗަށް ފުލުހުން ވެސް ޖިނާއީ ތަހުގީގު ހިންގަނީ ރައީސްގެ ދަރިކަލުން އުމައިރުއަށް ނިސްބަތްކޮށް މަންދީ ދެއްކި ވާހަކައާ ގުޅިގެންނެވެ. މާޒް ސަލީމްގެ މައްޗަށް ތުހުމަތު ކުރަނީ މަންދީ ދެއްކި ވާހަކަތަކަށް ތާއީދުކޮށް، އެވާހަކަތައް ދެއްކުމަށް ހިތްވަރު ދީފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"މަންދީގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގާ ފަސްޓް ލޭޑީއާ ގުޅުމެއް ނެތް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ