އަމުރުގައި އޮތަސް ފޮޓޯ ނަގާނީ ތަހުގީގަށް ބޭނުންވާ މިންވަރަށް: ފުލުހުން

ފުލުހުން މަންދީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން މައްސަލަ ހުށަހެޅުމުންނެވެ.
ޖިނާއީ ތަހުގީގަކަށް ތުހުމަތު ކުރެވޭ މީހާގެ ޖިންސީ ގުނަވަން ނޫން ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށް ކޯޓުން އަމުރު ކުރިނަމަވެސް އެމީހެއްގެ ފޮޓޯ ނަގާނީ ތަހުގީގަށް ބޭނުންވާ މިންވަރަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ތުހުމަތު ކުރެވޭ މީހުން ހަށިގަނޑުގެ ފޮޓޯ ނެގުމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބަޔާނެއް ނެރެފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ކުރާ ޖިނާއީ ތަހުގީގެއްގައި އޭނާގެ ޖިންސީ ގުނަވަން ނޫން ހަށިގަނޑުގެ އެހެން ތަންތަން ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ.މަންދީގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމްޑީޕީ މުޒާހަރާއެއްގައި އޭނާ ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ރާއްޖޭގައި ވޭޕް މަނާކުރީ އުމައިރު "ވޭޕް ބޯން ފެށުމުން" ކަމަށެވެ.މި މައްސަލައިގައި ފުލުހުން މަންދީއަށް ފޮނުވި ޗިޓެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ޗިޓުގައި އޭނާ ފުލުހަށް ހާޒިރުވާން އަމުރުކޮށްފައި ވަނީ ކޯޓުން އޭނާގެ ހަށިގަނޑުގެ ޖިންސީ ގުނަވަން ނޫން އެހެން ތަންތަން ފޮޓޯ ނަގަން އަމުރުކޮށްފައި ވާތީ އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ ޗިޓު ކެންސަލް ކޮށްފަ އެވެ.އިދިކޮޅު ފަރާތްތަކުން ފާޑުކިޔަން ފެށުމުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެން ކަމަށެވެ. ފޮޓޯ އާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައި ކަމަށެވެ. އެމީހަކު ރުހުން ނުދޭނަމަ އެކަން ކުރެވޭނީ ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ.
"ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެކަމަށް އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް،" ފުލުހުން ބުންޏެވެ.ފުލުހުން ބުނީ އާންމު ގޮތެއްގައި ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް ކަމަށެވެ."ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން. ފުލުހުން ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމަޕް ނަގާނީ އެ މައްސަލައެއްގެ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް،" ފުލުހުން ސާފުކޮށްދިނެވެ.ފުލުހުން މަންދީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންދަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން މައްސަލަ ހުށަހެޅުމުންނެވެ.ރައީސްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ވަނީ މި މައްސަލައިގައި ސިވިލް ކޯޓާއި ފެމެލީ ކޯޓުގައި މަދަނީ ދައުވާ ކޮށްފަ އެވެ. ފުލުހުން ހިންގާ ތަހުގީގާ އެކަމާ ގުޅުމެއް ނެތް ކަމަށް ފަސްޓް ލޭޑީ ތަންސީލު ކުރާ ރެހެނދި ޗެމްބާސް އިން ވަނީ ބުނެފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ