ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފުތާ" ފެށުމުން، އެ މެގަ ސޭލްއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
އޭޕްރިލް 20 އިން 30 އަށް ހުޅުމާލޭ ވިނަރެސްގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި ކުރިއަށްދާ އެ ސޭލް 75 ޕަސަންޓުގެ ޑިސްކައުންޓާ އެކު ހުޅުވާލުމުން ގިނަ ބަޔަކު ދަނީ އެ ފިހާރައަށް ޒިޔާރަތްކޮށް ވިޔަފާރި ކުރަމުންނެވެ.
ފައްކާ ހަފުތާ ސޭލުގައި އެޑިޑާސް، ނައިކީ، ކްއިކްސިލްވާ، ރޯކްސީ، ބިލަބޮންގް، ލީވައިސް، އާރުވީސީ އަދި ޑީސީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބޭނެ އެވެ.
އެންމެ މަތީފަންތީގެ ކުޅުންތެރިން ބޭނުންވާ ފުޓްބޯޅަ ބޫޓުން ފެށިގެން ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ދުވާ ބޫޓު ސޮނީ ސްޕޯޓްސްއިން ލިބެ އެވެ. އަދި ދުނިޔޭގެ އެންމެ ނަން މަޝްހޫރު މަރުކާތަކުގެ އެތުލީޓުންނަށް ހާއްސަ ބޫޓާއި ޓެނިސް އަދި އެހެނިހެން އުފެއްދުންތައް ސޮނީ ސްޕޯޓްސްއިން ލިބެން އެބަ ހުއްޓެވެ.
ކުޅިވަރު އަންނައުނުން ފެށިގެން ފެޝަންތަކުގެ ބޮޑު ކަލެކްޝަނެއް އަބަދު ވެސް ސޮނީ ސްޕޯޓްސްއިން ގެންގުޅޭއިރު، މި ފަހަރުގެ ސޭލްގައި މި އުފެއްދުންތައް 175ރ. އިން ފެށިގެން 450ރ. އާ ދެމެދުގެ އަގުތަކުގައި ލިބޭނެ އެވެ.
މިއީ ހެޔޮ އަގުގައި ފެންވަރު ރަނގަޅު ތަކެތި އެއްފަހަރާ ގަނެ ވޯޑްރޮބް އާކޮށްލަން ލިބޭ ހަމަ ފައްކާ ފުރުސަތެކެވެ.
ސޮނީ ސްޕޯސްގެ "ފައްކާ ހަފްތާ" އަށް ބޮޑު ތަރުހީބެއް ސޮނީ ސްޕޯސްގެ "ފައްކާ ހަފްތާ" އަށް ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ