މުލީ އެއާޕޯޓްގެ ޓެސްޓް ދަތުރު ހުކުރު ދުވަހު

މ. މުލި އެއާޕޯޓަށް އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފި އެވެ.ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު މުބީން ދައުލަތު މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހު ޓެސްޓް ފްލައިޓް ބޭއްވުމަށް ހަމަޖެހިފަވާ އިރު، އެ ދަތުރު ބޭއްވާނީ ހުކުރު ދުވަހުގެ މެންދުރު ފަހު ކަމަށެވެ.މުލީ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ އެއާޕޯޓް ހިންގާނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.މުބީން ވިދާޅުވީ ޓެސްޓް ފްލައިޓް ޖެއްސުމުގެ ކުރިން، އެއާޕޯޓަށް މި ވަގުތަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރު ނަގައި ނިންމާފައިވާ ކަމަށެވެ.އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ