މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް: މާފަރު އެފްސީ އަދި ހެނބަދޫ އެފްޓީ ކުޅުނު މެޗު އެއްވަރު!

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ގްރޫޕް ބީގެ ފުރަތަމަ މެޗް މިއަދު ހަވީރު ކުޅެފިއެވެ. މި މެޗްގައި ވާދަކޮށްފައި ވަނީ މާފަރު އެފްސީ އަދި ހެނބަދޫ އެފްޓީއެވެ. މެޗްގެ ފުރަތަމަ ހާފް ނިމިނު އިރު ހެނބަދޫ އެފްޓީ ގޯލެއް ޖެހި ނަމަވެސް މާފަރު އެފްސީއަށް ގޯލެއް ކަމިޔާބު ކުރެވިފައެއް ނުވެއެވެ. ހެނބަދޫ އެފްޓީން ގޯލް ކާމިޔާބު ކޮށްފައިވަނީ މެޗްގެ 24ވަނަ މިނެޓްގައި މާފަރު ޓީމްގެ ކީޕަރު އަހުމަދު އަދީބް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީގައެވެ. މި ޕެނަލްޓީ ހެނބަދޫ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމްގެ ޖާޒީ ނަންބަރު 17 އަހުމަދު އަލީ (މުލާ) އެވެ. މި ފައުލާ ގުޅިގެން ހެނބަދޫ ޓީމްގެ ކީޕަރު އަދީބުއަށް ވަނީ ރަތް ކާޑެއްވެސް ދައްކާފައެވެ. ފުރަތަމަ ހާފްގައި މާފަރު ޓީމަށް ގޯލް ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައި ވީނަމަވެސް އެސްވެސް ހަމަލާއެއް ކާމިޔާބުވެފައެއް ނުވެއެވެ. ދެވަނަ ހާފް ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ހަމަ ހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެވަނަ ހާފްގައި ދެ ޓީމަށް ވެސް ގޯލް ޖަހަން ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. މެޗްގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ލިބުނު ހަ މިނެޓްގެ ތެރޭގައި މާފަރުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރ 39 އަފްރާހް މުޙައްމަދު އެވެ. މި ނަތީޖާއާއެކު މެޗް ނިމިފައިވާއިރު ދެ ޓީމްގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނުނެވެ. މި މެޗް ގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހެނބަދޫ އެފްޓީގެ ޖާރޒީ ނަންބަރ 57 މޫސާ ކައުޔަޝް ކައިލްއެވެ. މި މުބާރާތުގެ ހަތަރުވަނަ މެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ ދެ ޓީމް ކަމުގައިވާ މާޅެންދޫ އެފްޓީ އަދި މަނަދޫ އެފްސީއެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް ޓީވީގެ ފޭސްބުކް އަދި ޔޫޓިއުބް އިން ލައިވްކުރާނެވެ. ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް އަކީ ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެއެވެ. އަދި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ދެވަނަ އަހަރެވެ. ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންމި މުބާރާތުގައި ކުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ