މިއަދު ހަވީރު މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި އުޅަނދު ނުދުއްވުވުމަށް ފުލުހުން ހަނދާންކޮށްދީފިއެވެ.
މާލެސިޓީ ކައުންސިލުން ވަނީ މާލެ ސަރަހައްދުގެ މަގުތަކުގައި މިއަދު ހަވީރު 16:00 އިން ފެށިގެން 18:00 ނިޔަލަށް އިންޖީނުލީ އެއްގަމު އުޅަނދުތައް ދުއްވުން މަނާކޮށްފައެވެ. މީގެ ތެރޭގައި މާލެސިޓީގެ އިތުރުން ހުޅުމާލެއާއި ވިލިމާލެ ހިމެނެއެވެ.
މި ގަޑިތަކުގައި އާއްމު އުޅަނދުތަކަށް ދުއްވުން މަނާވިނަމަވެސް، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ބަހުގެ ހިދުމަތާއި، ސަލާމަތީ ހިދުމަތްތައް ބޭނުންކުރާ އުޅަނދުތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން އެމްބިއުލާންސް ފަދަ އުޅަނދުތަކުގެ އިތުރުން އެގަޑީގައި ހުއްދަ ދެވޭ އުޅަނދުތަކަށް ދުއްވޭނޭކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ބޮޑުއީދާ ގުޅިގެން ހަވީރު ހިނގާފައި އުޅޭގޮތަށް ހަމަޖެއްސިއިރު، މީގެ ކުރިންވެސް މިފަދަ ދުވަސްދުވަހު ހިނގާފައި އުޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ބޮޑު އީދު ދުވަހާ ގުޅުވައިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އީދު ކުޅިވަރުތައް ކުރިއަށްގެންދިއުމަށް ވަނީ ތާވަލްކޮށްފައެވެ.
މިއަދު ހަވީރު 4 ކުން ފެށިގެން 6 ޖަހަންދެން ހިނގާފައި އުޅޭގޮތަށް ހަމަޖެއްސިއިރު، އެގަޑިތަކުގައި ޓްރެފިކް ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަމުން ދާނޭއެވެ. އަދި އުސޫލާ ހިލާފަށް އުޅަނދުތައް ދުއްވާ ފަރާތްތަކާ ދެކޮޅަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކުރާގޮތަށް ފިޔަވަޅު އަޅާނޭކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިއަދު ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ