ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ފަސޭހަކަމާ އެކު އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފައިސާ ފޮނުވޭ ބަލްކް ޕޭމަންޓުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.
ތަފްސީލް - މި ހިދުމަތް މެދުވެރިކޮށް މުސާރަ، އެލަވަންސް އަދި ޑިވިޑެންޑް ފަދަ ފައިސާ އެއްފަހަރާ ގިނަ އެކައުންޓްތަކަކަށް ފޮނުވޭނެ އެވެ.
ބަލްކް ޕޭމަންޓްގެ ހިދުމަތަކީ ވިޔަފާރިތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ދިވެހި ރުފިޔާ އަދި ޑޮލަރުން، ބީއެމްއެލްގެ އެކައުންޓްތަކަށް އޮޓޮމޭޓެޑްކޮށް އެއްފަހަރާ ފައިސާ ފޮނުވޭނެ އެވެ.
ބުނީ ކީކޭ؟ - "ޑިޖިޓަލްކޮށް އެއްފަހަރާ ގިނަ މުއާމަލާތްތަކެއް ހިންގޭނެ ވަސީލަތެއް ލިބުމަކީ ވިޔަފާރިތަކުގެ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން ފައިސާ ފޮނުވުމުގެ ކަންކަން އަވަސްވެ، ރައްކާތެރިވެ އަދި އެއްވެސް ތަކްލީފެއް ނެތި ކުރިއަށް ގެންދެވޭނެ،" ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވި އެވެ.
"މިއީ ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، ފަސޭހަ އަދި ބޭނުންތެރި ހައްލުތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް."
ފާހަގަކޮށްލެވޭ - ބީއެމްއެލް އިން އަބަދު ވެސް މަސައްކަތްކުރަނީ އީޖާދީ އަދި ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ފަރުދުންނާއި ވިޔަފާރިތަކާ އަދި މުޖުތަމައުތައް ބާރުވެރިކުރުވުމަށެވެ.
ބީއެމްއެލްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓުގެ ހިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ