ދިވެހިރާއްޖޭގެ މިސްރާބު ރަނގަޅު ކަމަށާއި، މިކަން ދެމެހެއްޓުމަށް ޕީއެންސީގެ ސަފުތައް އެއްބައިވަންތަވާން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީގެ މާފަންނު މެދު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.
ޒުވާން ޖީލު ސަލާމަތްކޮށް، އިޖްތިމާއީ ފޭރާން އަލުން އިޔާދަ ކުރުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ކައުންސިލް އިންތިހާބު ވެރިކަން ކުރާ ޕީއެންސީއަށް ކާމިޔާބުކޮށްދިނުމަކީ ރާއްޖެ ސަލާމަތްކޮށް، ރައީސް މުއިއްޒު އަށް ވެރިކަމުގެ ދެވަނަ ދައުރެއް ދެއްވުމަށްޓަކައި، ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޒުވާން ހަތީބުން އުފެއްދުމާއި، ޒުވާން ކުދިން ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގައި ބައިވެރި ކުރުވުން ފަދަ މުހިންމު ކަންކަން މި ގައުމުގައި ދެމެހެއްޓުމަކީ ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، މިކަންކަމުން ދޭހަކޮށްދެނީ، ރާއްޖެ އަލިވިލެމުންދަނީ އައު ފަތިހަކަށް ކަމަށެވެ.
”ރާއްޖެ ދަތުރު ކުރަމުން މިދަނީ، ވަރަށް ރަނގަޅު މިސްރާބަކަށޭ. މިކަން އަޅުގަނޑުމެންނަށް ދެމެހެއްޓޭނީ، ޕީއެންސީގެ ސަފުތައް އެއްބައިވަންތަ ވެގެން.“ ޝަހީމް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒު މި ގައުމުގެ ކުރިމަގަށްޓަކައި ކުރައްވާ ކަންކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން، މި އިންތިހާބަށް ތައްޔާރުވުމަށް ޕީއެންސީގެ ސަފުތައް އެކުވެރިވެ، ބަދަހި ވާން ޖެހޭ ކަމަށެވެ.
ރާއްޖޭގެ މިސްރާބު ހުރީ ރަނގަޅަށް، މިކަން ދެމެހެއްޓުމަށް ޕީއެންސީގެ ސަފުތައް އެއްބައިވަންތަ ވާންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ