ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ ލިސްޓްގައި ރައީސް ޑރ.މުއިއްޒު

އެމެރިކާގެ ޓައިމް މެގަޒިނުން އާއްމުކުރި ސިއްހީ ދައިރާއިން ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ނުފޫޒުގަދަ ބޭފުޅުންގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ނަންފުޅު ލިސްޓްކޮށްފިއެވެ.
ސިއްހީ ދާއިރާގެ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ބޭފުޅުންގެ ލިސްޓަށް ރައީސް ޑރ.މުއިއްޒުގެ ނަންފުޅު ހިމެނިގެން ދިއުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ސިއްހީ ކަންކަމަށް އެމަނިކްފާނު ދެއްވާފައިވާ އަހަމިއްޔަތުކަމުގެ ސަބަބުންނެވެ. އެގޮތުން ދުނިޔޭގެ ސަމާލުކަން އެންމެބޮޑު ލިބިގެންދިޔަ އެއް ސިޔާސަތަކީ ރައީސް ޑރ.މުއިއްޒުގެ ޖެނަރޭޝަން ބޭންއެވެ.
މިކަމާ ގުޅޭގޮތުން ޓައިމް މެގަޒިނުން އާއްމުކުރި ލިޔުމުގައި ބުނެފައިވަނީ، 2007 ވަނަ އަހަރުން ފެށިގެން ފަހުން އުފަންވާ ފަރާތްތަކަށް ދުންފަތުގެ އެއްވެސް ބާވަތެއްގެ އެއްޗެއް ވިއްކުން މަނާކުރިއިރު، އެފަދަ އެއްވެސް ބާވަތެއްގެ އެއްޗެއް ބޭނުންކޮށް ހެދުމަކީވެސް ޤާނޫނީގޮތުން މަނާކަމެއްކަމަށެވެ. މީގެ އިތުރުްނ ވޭޕާއި، ސިނގިރޭޓް ފަދަ ބާވަތްތައް އެތެރެކުރުން މަނާކުރުމަށް ނިންމި ނިންމުން ތަންފީޒުކުރަން ފެށުމަކީވެސް ފާހަގަކޮށްލެވުނު ކަމެއްކަމަށް ޓައިމުން ވަނީ ފާހަގަކޮށްފައެވެ.
ޓައިމް މެގަޒިންގެ މި ލިސްޓަށް އަރަނީ ފާހަގަކޮށްލެވޭފަދަ ސިއްހީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަކެވެ. މިފަހަރުގެ ލިސްޓަކީ ޓައިމްގެ ތިންވަނަ ލިސްޓެވެ. 
ރާއްޖެއަށް ޖެނަރޭޝަން ބޭން ތައާރަފްކޮށް ތަންފީޒުކުރަން ފެށުމާއެކު ބައިނަލްއަޤްވާމީ އެކި ފަރާތްތަކުން ވަނީ ރައީސް ޑރ.މުއިއްޒުގެ ސިޔާސަތު ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްފައެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެމަނިކްފާނުގެ އެ މަސައްކަތްޕުޅު ފާހަގަކުރައްވައި އެވޯޑެއްވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ