ގްރީން ފަންޑުން ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ތިމާވެށްޓަށް ޚަރަދުކުރަން ނިންމައިފި ރަސްމާލެ މަޝްރޫއުގެ 60 ޕަސަންޓު މަސައްކަތް ނިމިއްޖެ: ރައީސް ޢަބްދުލްޢަޒީޒު މުޙައްމަދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާގެ މެސެޖެއް ގައުމީ ހިދުމަތުގައި ސްކައުޓުންގެ ބަ

އިންޑިއާގައި އެންމެ ދިގު މުއްދަތަކަށް ވިދިވިދިގެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއަށް ނަރެންދްރާ މޯދީ ވެވަޑައިގަތުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ޖުމްލަ 4،399 ދުވަސް ބޮޑުވަޒީރުކަމުގައި ހޭދަކުރައްވައި، މޯދީ ވަނީ މީގެ ކުރިން ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައި އޮތް ރެކޯޑު މުގުރާލައްވާފައެވެ.
ރައީސް ޑރ. މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ އިސްތިގުލާލީ ހަމަހަމަކަމާއި ހިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން، ރާއްޖެއާއި އިންޑިއާގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މޯދީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ފުރަތަމަ ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރުގެ މެއި މަހުއެވެ.
އިންޑިއާގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ވިދިވިދިގެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާގެ ރެކޯޑު މީގެ ކުރިން އޮތީ 1952 އިން 1964 އަށް އެ މަގާމު ފުރުއްވި ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ. މިހާރު ތިން ވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މޯދީ ވަނީ މި ހާއްސަ ކާމިޔާބީ ހާސިލުކުރައްވާފައެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ މިހާރު 60 އަހަރު ވަނީ ފުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ