އިނާމު ޕޫލުގައި 5000 ރުފިޔާ: އުރީދޫ ނޭޝަންގެ މުބާރާތްތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި ސައިފަތުގެ ހާއްސަ ރަހަތަކާއެކު އުރީދޫގެ އާ ކަލަންޑަރު ނެރެފި މިއަހަރުގެ ޑިޖިޓަލް ލިޓްރަސީ ސެޝަންތައް އުރީދޫއިން އިސްރަށްވެހިންނަށް ފަށައިފި އުރީދޫގެ 5ޖީ ހިދުމަތް ރާއްޖ

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޝާޑީ ގަވަސްމީ މިއަދު އައްޔަންކޮށްފިއެވެ.
އުރީދޫ ގްރޫޕުގައި 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ގަވަސްމީއަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ރާއްޖޭގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އުރީދޫ ފަލަސްތީނުގެ އިސް މަގާމުތަކުގައެވެ. އޭގެ ތެރޭގައި ޗީފް ކޮމާޝަލް އޮފިސަރުކަމާއި، ސޭލްސް ޑިރެކްޓަރުކަމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސްގެ މަގާމު ހިމެނެއެވެ.
ތައުލީމީ ގޮތުން ގަވަސްމީ ވަނީ ފްރާންސުގެ އީޑީއެޗުއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައެވެ. އޭނާ ފާހަގަކުރެވިފައިވަނީ ވިޔަފާރި ފުޅާކުރުމާއި، އާ ޓެކްނޮލޮޖީ ތައާރަފުކުރުމުގެ އިތުރުން ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ.
މި ބަދަލާއެކު، މީގެ ކުރިން އުރީދޫގެ ސީއީއޯގެ މަގާމުގައި ހުންނެވި ހާލިދު ހަސަން އަލް-ހަމާދީ ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. އެ ކުންފުނިން ވަނީ ހާލިދުގެ ލީޑަޝިޕްގައި އުރީދޫ މޯލްޑިވްސްއިން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
ހާލިދުގެ ދައުރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި:
އާ ސީއީއޯ ޝާޑީ ގަވަސްމީގެ ތަޖުރިބާއާއެކު، އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ