ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ސީޒަން 2 ރޭ ލޯންޗުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޑީޖީޖީގެ ސީޒަން ލޯންޗު ކުރުމަށް ދިރާގުގެ މައި އޮފީހުގައި ރޭ ބޭއްވި ހަފްލާގައި މި އަހަރަށް ރާވައިފައިވާ މުބާރާތްތަކާއި ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.
މީގެ އިތުރުން، އެކި ގޭމިން ހަރަކާތްތައް ކުރިއަށްދިޔައިރު، 'ފެންފުޅި' ބޭންޑުގެ ފޯރިގަދަ މިއުޒިކީ ހުށަހެޅުންތަކުން މި އިވެންޓް އިތުރަށް ފުރިހަމަކޮށްދިނެވެ.
ތަފްސީލް - ޑީޖީޖީގެ އަމާޒަކީ މި އަހަރު ގޭމިން ކޮމިއުނިޓީ އާ އުސްމިންތަކަކަށް ގެންގޮސްދިނުމެވެ. މީގެ ތެރޭގައި:
މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް މުބާރާތްތައް ބޭއްވުން
ޑީޖީޖީގެ ފުރަތަމަ ބައިނަލްއަގުވާމީ އޮންލައިން މުބާރާތް ބޭއްވުން
ޑީޖީޖީގެ ލީޑާބޯޑްސް ތައާރަފުކޮށްފައިވޭ
'ގިލްޑް ފީޗާސް ތައާރަފް ކުރާނެ؛ މީގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވާދަވެރި ރޫހު އިތުރުވެގެންދާނެ
ރޭގެ ހަފުލާގައި، ރާއްޖޭގެ އީ-ގޭމިން ދާއިރާ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑީޖީޖީގެ ޕާޓްނަރުން އަގުވަޒަންކޮށް، ހަނދާނީ ފިލާ ވަނީ ދީފަ އެވެ. އެއީ:
ޑީޖީޖީގެ ޕްރީމިއަމް ސްޕޮންސަރު، މިނީސޯ
އެލީޓް ޕާޓްނަރުން ކަމަށްވާ ވިލާ މާޓް، މެގަޗިޕް އަދި ޝީޝާ
އެނގުން މުހިންމު - މިދިޔަ އަހަރަކީ ދިވެހި ގޭމިން ދާއިރާގައި ޑީޖީޖީން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އެގޮތުން:
11,000އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން އެ ޕްލެޓްފޯމުގައި ރަޖިސްޓްރީވެފައިވޭ
ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާ އެކު ބޭއްވި
ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 350,000ރ. ވަނީ ދީފައި
ގިވްއަވޭގެ ގޮތުގައި ޖުމްލަ 150,000ރ.ގެ އަގުހުރި އިނާމުތައް ވަނީ ދީފައި
މިދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އޮގަސްޓުގައި އޮތް، ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ގޭމިން ހަރަކާތް ކަމުގައިވާ 'ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް'
ދިރާގު ގޭމާސް ގިލްޑުގެ މިއަހަރުގެ ސީޒަންގައި ފޯރިގަދަ ހަރަކާތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ