4.6%ގެ ކުރިއެރުމަކާ އެކު މިދިޔަ މަހު 200،000 އަށް ވުރެ ގިނަ ފަތުރުވެރިން

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރަށް ވުރެ %4.6 އިތުރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 224،788 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ތަފްސީލް - މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7،000އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށް އެ ހިސާބުތައް ދައްކަ އެވެ.
މިދިޔަ މަހުު އައި ފަތުރުވެރިންގެ އަދަދަކީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އައި ރެކޯޑު އަދަދަށް ވުރެ ވެސް އިތުރު އަދަދެކެވެ. އެ މަހު 217،392 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކަކީ؛
ރަޝިއާ - 29،370 ފަތުރުވެރިން
އިޓަލީ - 23،171 ފަތުރުވެރިން
ޗައިނާ - 22،676 ފަތުރުވެރިން
އިނގިރޭސިވިލާތް -20،478 ފަތުރުވެރިން
ޖަރުމަނު - 14،028 ފަތުރުވެރިން
އިންޑިއާ - 8،413 ފަތުރުވެރިން
ފްރާންސް - 7،751 ފަތުރުވެރިން
އެމެރިކާ - 6،353 ފަތުރުވެެރިން
ޕޮލެންޑު - 6،041 ފަތުރުވެރިން
އޮސްޓްރިއާ - 4،585 ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިންގެ %68 މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ.  ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކުރަނީ %26.6 މީހުންނެވެ.
ފާހަގަކުރެވޭ - މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައީ 2.2 މިލިއަން ފަތުރުވެރިންނެވެ. މިއީ ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވުރެ ލައްކައެއްހާ ފަތުރުވެރިން މަދު އަދަދެކެވެ.
މި އަހަރު ރާއްޖެއިން އަމާޒު ހިފާފައިވަނީ 2.4 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ