އިންސްޓަގްރާމް ޑީއެމްތަކުގެ އެންކްރިޕްޝަން ފީޗާ އުވާލަނީ
އިންސްޓަގްރާމް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ މީހުންނާ ވާހަކަދެއްކުމަކީ ވަރަށް ގިނަ ބަޔަކު ކުރާ ކަމެކެވެ. މީގެ ކުރިން އިންސްޓަގްރާމް ޑައިރެކްޓް މެސެޖް (ޑީއެމް) ތަކުގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުންކުރެވުނު ނަމަވެސް، މެޓާއިން މިހާރު ވަނީ މި މުހިންމު ފީޗާ އުވާލުމަށް ނިންމާފައެވެ. މެޓާއިން މިކަން ކަށަވަރުކޮށްދީފައިވާއިރު، އިންސްޓަގްރާމް އެޕްގެ ތެރެއިން ޕޮޕް-އަޕް މެސެޖުތައް މެދުވެރިކޮށް ޔޫޒަރުންނަށް މިހާރު ދަނީ މިކަން އަންގަމުންނެވެ. https://sun.mv/218433 މި ނޮޓިފިކޭޝަންތަކުގައި، މި ފީޗަރ މުޅިން އުވިގެން ދިއުމުގެ ކުރިން، އެންކްރިޕްޓް ކުރެވިފައިވާ ޗެޓްތައް ސޭވް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރާނެ ގޮތް ކިޔައިދީފައިވެއެވެ. މިހާރު ހުރި އެންކްރިޕްޓެޑް ޗެޓްތަކަށް ވާނީ ކިހިނެއް؟ މެޓާއިން ބުނެފައިވާ ގޮތުގައި، މިހާރު އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުންކުރަމުންދާ ޔޫޒަރުންނަށް، މި ފީޗާ އުވާލުމުގެ ކުރިން މެސެޖުތަކާއި މީޑިއާ ފައިލްތައް ޑައުންލޯޑް ކުރާނެ ގޮތުގެ އިރުޝާދުތައް ލިބެމުންދާނެއެވެ. އަދި ބައެއް ޔޫޒަރުން ޗެޓްތައް ޑައުންލޯޑް ކުރުމުގެ ކުރިން އިންސްޓަގްރާމް އެޕް އަޕްޑޭޓް ކުރަން ޖެހިދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 8 މެއި 2026 ގެ ފަހުން އިންސްޓަގްރާމްގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަން މަސައްކަތެއް ނުކުރާނެއެވެ. މުއްދަތު ހަމަވުމަށްފަހު، މިހާރު ހުރި ޗެޓްތަކަށް އެންކްރިޕްޝަންގެ ރައްކާތެރިކަން ނުލިބޭނެއެވެ. އަދި މި ފީޗާ އެނޭބަލް ކުރުމުގެ އޮޕްޝަންވެސް އެޕުން މުޅިން އުވިގެންދާނެއެވެ. މި ފީޗަރ އުވާލަން ނިންމީ ކީއްވެ؟ މި ބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ މި ފީޗާ ބޭނުންކުރާ މީހުންގެ އަދަދު މަދުވުމެވެ. މެޓާއިން ބުނީ އިންސްޓަގްރާމްގައި އެންކްރިޕްޓެޑް މެސެޖިން އެނޭބަލް ކުރަނީ ވަރަށް މަދު ބައެއް ކަމަށާއި، އެހެންކަމުން މިއީ މެއިންޓެއިން ކުރަން އެކަށީގެންވާ ފީޗާއެއް ކަމަށް ނުފެންނަ ކަމަށެވެ. މީގެ ބަދަލުގައި، ރައްކާތެރިކަމާއެކު މެސެޖުކުރަން ބޭނުންވާ ފަރާތްތަކުން ވަޓްސްއެޕް ބޭނުންކުރުމަށް މެޓާއިން ވަނީ ލަފާދީފައެވެ. ވަޓްސްއެޕްގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަނަކީ އަސާސީ އެއް ފީޗާއެވެ. މި ނިންމުމުން ދައްކުވައިދެނީ މެޓާގެ އެކި އެޕްތައް ބޭނުންކުރުމަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީއެވެ. އެގޮތުން އިންސްޓަގްރާމަކީ އާންމު މުއާމަލާތްތަކާއި އިޖުތިމާޢީ ގުޅުންތަކަށް ޚާއްސަ އެޕެއްގެ ގޮތުގައި ބާއްވާއިރު، ޕްރައިވެޓް އަދި ސެކިއުރިޓީ ވަރުގަދަ މެސެޖުތަކަށް މެޓާއިން ޚާއްސަކޮށްފައިވަނީ ވަޓްސްއެޕްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ