ނަމާދުގައި ތިއްބާ ހުޅުމާލޭ ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

މިރޭ މީހުން ނަމާދުގައި ތިއްބާ ހުޅުމާލޭ މަސްޖިދު ރަޝީދުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ އެވެ.
ތަފްސީލް - މަންޒަރު ދުށް މީހަކު 'ދައުރު' އަށް ކިޔައިދިން ގޮތުގައި ވަށައިގެން ބިއްލޫރި ދޮރުތަކެއް ހުންނަ އެ މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެންދިޔައީ އިޝާ ނަމާދު ނިމުނު ވަގުތު އެވެ.
ތަފްސީލް - "އިޝާ ނަމާދަށް ސަލާމް ދިންތަނާ ބަން ކިޔާފައި ބިއްލޫރިގަނޑު ތަޅައިގެންދިޔައީ،" އޭނާ ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މިސްކިތުގެ ތިންވަނަ ފަންގިފިލާގެ އެ ބިއްލޫރިގަނޑު ތަޅައިގެންދިޔައީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. 
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ން ބިނާކޮށްފައިވާ މި މިސްކިތް ހުޅުވީ 2022 ވަނަ އަހަރު އެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ މިސްކިތުގައި 1200 މީހުންގެ ޖާގަ ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ