މަހާޒް އަލީ ލިޔުއްވި "ތަމާލުއު ފޮތް" ނެރެފި މަހާޒް އަލީ ލިޔުއްވި "ތަމާލުއު ފޮތް" ނެރެފި

ޖަމާއަތެއްގެ ކިބައިން ގިސާސް ހިފުމުގެ ޝަރުއީ އުސޫލުތައް ރާއްޖޭގައި ތަދުބީގު ކުރަމުން އަންނަ ގޮތާމެދު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ލިޔުއްވި "ތަމާލުއު ފޮތް" ނެރެފި އެވެ.
މަހާޒް ވިދާޅުވީ ހަތް ޗެޕްޓަރުގެ މައްޗަށް ހިމެނޭ 224 ސަފުހާގެ މި ފޮތުގައި ހިމަނުއްވާފައިވާނީ ގްރޫޕް މާރާމާރީތަކުގައި ނުވަތަ ޖަމާއަތް ހަދައިގެން މީހަކަށް ހަމަލާދީ، މީހަކު މަރުވާ ހާލަތުގައި ހަމަލާދިން މީހުންގެ ކިބައިން ގިސާސް ހިފުމާ ގުޅޭ ޝަރުއީ އުސޫލުތައް ކަމަށެވެ.
އެ ފޮތް ތަހްސީސް ކޮށްފައިވާނީ، ދެ ގޮތެއް ނުވެ، ފިސާރި ކެރިގެން ބޭއިންސާފާ ދެކޮޅަށް ތެދުވާ އެންމެނަށް ކަމަށާއި ފޮތުގައި ދައްކާފައިވާ ހުރިހާ ވާހަކަތަކެއް ދައްކާފައިވާނީ، އެ ވާހަކަތަކުގައި ހަވާލާދޭ މަސްދަރުތަކަށް ހަވާލާ ދިނުމާ އެކުގައި ކަމަށް މަހާޒް ވިދާޅުވި އެވެ.
މަހާޒް ވިދާޅުވީ ތަމާލުއުގެ އުސޫލަކުގެ ތެރެއަށް ފީނުމުގެ ކުރިން އެންމެ ފުރަތަމަ މި ފޮތުގައި ބަލާލާފައިވާނީ އިސްލާމީ ޝަރީއަތުގައި އައިސްފައިވާ އަދަބު ކަނޑައެޅުމުގެ އުސޫލުތަކާ މެދު ކަމަށާއި ގިސާސް ހިފުން ވާޖިބު މަރުގެ މައްސަލަތަކަށް ވެސް އަލިއަޅުވާލާފައިވާ ކަމަށެވެ.
ފޮތުގައި ތަމާލުއުގެ ވާހަކަ ތަފްސީލްކޮށް ބަޔާންކޮށް، ހަދީސް އިލްމުވެރިންގެ ބަސްމަގާއި ބަހުސްތައް އަދި ފިގުހުވެރިން ކޮށްފައިވާ ބަހުސްތަ ހިމަނައި، ތަމާލުއުގެ އުސޫލުތައް ރާއްޖޭގައި ތަދުބީގު ކުރަމުން އަންގޮތް ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފޮތުގެ ފަހު ޗެޕްޓަރު ލިޔުނީ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމާމެދު އިލްމުވެރިން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ. ހަބީރުން ބުނާ ބުނުންތައް އެއްފަރާތް ނުކުރުމުގެ މައްޗަށް. މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާ ކުރިކަމަށް ނުބަލައި، ބައިވެރިވުން އޮތް ގޮތަށް ރިއާޔަތް ކުރުމެއް ނެތި، ގިސާސް ނުހިފުމުގެ މައްޗަށް،" އޭނާ ވިދާޅުވި އެވެ.
ތަމާލުއު ފޮތް ދިވެހި ފޮތް އެޕުން އެކަނި މިވަގުތު ލިބެން ހުއްޓަސް ކުރިަށް އޮތް ދުވަސްތަކުގައި ފޮތް ޗާޕުކުރާނެ ކަމުގެ ޔަގީންކަން މަހާޒް ވަނީ ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ