އަތޮޅުގެ ތަރައްޤީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ޚާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުގެ ރަށްތަކުން ފެށި މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން އަންގަވައިފިއެވެ.
އެލްޖީއޭއިން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް އެލްޖީއޭއާ ހަވާލުކޮށްފައިވާއިރު މުޅި އިދާރީ ދާއިރާގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ އެ އޮތޯރިޓީ މަސްއޫލިއްޔަތެއް ކަމަށެވެ.
ހދ. އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލާ މަސައްކަތް ކުރުމަކީ ކުރެވިދާނެކަމެއް ކަމަށް އެ އޮތޯރިޓީން ނުދެކޭކަމަށް އެ ސިޓީގައިވެއެވެ. އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި ޤާއިމްކޮށްގެން އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވެނު އިސްލާޙުގެ މަޚުފޫމަށް ފުށުއަރާކަމެއްކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އެހެންކަމުން އެލްޖީއޭއިން ކުޅުދުއްފުށީ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން އުކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ މަސައްކަތް ކުރިއަށްނުގެންދިޔުމަށް އެދިފައެވެ. އަދި އެފަދަ ބޯޑެއް އެކުލަވާލުމަށް އެ ކައުންސިލާއި ހދ. އަތޮޅުގެ އެންމެހާ ކައުންސިލްތައް އެކުވެގެން ނިންމާފައިވާ ނިންމުމަށް ވާސިލްވުމަށް ކަނޑައެޅި ޤާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށްވެސް އެލްޖީއޭއިން ފޮނުވި ސިޓީގައިވެއެވެ.
ހދ. އަތޮޅުގެ ރަށްތައް ޝާމިލުވާގޮތަށް ބޯޑެއް އެކުލަވާލަން އިސް ނެންގެވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. އެކަމަށް ތާއިދު ހޯއްދެވުމަށް މޭޔަރު ވަނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއެކު ބައްދަލުވުމެއް ބާއްވާފައެވެ.
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލަން ކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ