އަތޮޅުތަކުގެ ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމަށްޓަކައި ޚާއްޞަ އުޅަނދުތަކެއް ބޭނުންކުރުމަށް ނިންމާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ބަންނަމުންދާ ދެ ލޭންޑިންގ ކްރާފްޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމައި، އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް މުރުތަޟާ ފާހަގަކުރެއްވިއެވެ.
ކުނި މެނޭޖްކުރުމުގެ ދާއިރާއަކީ މިހާރު ޤާނޫނީ ގޮތުން ޔުޓިލިޓީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދާއިރާއެކެވެ. އެގޮތުން ކުނި މެނޭޖްކުރުމުގެ ޢާންމު ޤަވާއިދާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާބެހޭ ޤަވާއިދު ފަދަ މުހިންމު ޤަވާއިދުތައް އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ތިމާވެށްޓާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.
އަތޮޅުތަކުގައި ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް ބޭނުންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ