ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަން ކުރުމުގެ ފުރުސަތު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ އަދި އެފްއޭއެމްގެ ނައިބު ރައީސް، ހުސެއިން ޝާފިއު (ކޮކީ) އަށް ލިބިވަޑައިގެންފި އެެވެ.
ސާފްގެ އިންތިހާބީ މަގާމުތައް، ރައީސް، ދެ ނައިބު ރައީސުން، ތިން ހިންގާ ކޮމިޓީގެ މެމްބަރުން އަދި، އަންހެން މެމްބަރުކަމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ. އެވެ. އަދި، އެ މަގާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، ކޮންމެ މަގާމަކަށް ވެސް ކެންޑިޑެސީ ހުށަހަޅަން މެމްބަރު އެސޯސިއޭޝަންތަކުން ފޮނުވާފައިވަނީ އެކަށީގެންވާ އަދަދަށެވެ.
އެހެންކަމުން، އަންނަ މަހު އެއް ވަނަ ދުވަހު، ބޫޓާންގައި ބާއްވާ ސާފްގެ ކޮންގްރެސް އިން ފެށިގެން، ކެންޑިޑެސީ ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަށް މަގާމު ޔަގީންވީ އެވެ.
އެ ގޮތުން، ކެންޑިޑެސީ ހުށަހަޅާފައިވާ ފަރާތްތަަކަކީ، ރައީސްގެ މަގާމަށް އެންމެ ފަހުން ހަތަރު ދައުރުގައި ވެސް މަގާމު ފުރުއްވި، ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން އެވެ. ނައިބު ރައީސުންގެ މަގާމަށް، ސްރީ ލަންކާ ފުޓްބޯޅަ ރައީސް، ޖަސްވާރު އުމަރު އަދި އެގްޒެކްޓިވް މެމްބަރުންގެ ގޮތުގައި، ކޮކީގެ އިތުރުން، ބަންްގްލަދޭޝްގެ ސާބިރު އަހުމަދު އާރިފް އެވެ. އަދި، އަންހެން މެމްބަރު ކަމަށް ބޫޓާންގެ ޒަމްބީރީ އެވެ.
ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިންގަމުން އަންނަ ކްލަބް، މާޒިޔާގެ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކޮކީ ވަނީ އެފްއޭއެމްގައި އެންމެ ފަހުން އޮތް ދެ ލީޑަޝިޕްގައި ވެސް މަސައްކަތްކޮށްފަ އެވެ. ކޮކީ، އެންމެ ފުރަތަމަ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މަގާމަކަށް އައީ 2019 ވަނަ އަހަރު އެވެ.
މާޒިޔާ ކޮކީ އަށް ސާފްގެ ހިންގާ ކޮމިޓީގެ މެމްބަރުކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ