މަސްތުވާތަކެތީގެ އައްޑާއަކަށް ބޭނުންކުރި އޯކިޑު ޕްލާޒާ ތަޅާލަނީ

މަސްތުވާތަކެތީގެ އައްޑާއަކަށް ވެ، އެކި ފަހަރު މަތިން އަލިފާނުގެ ހާދިސާ ހިނގާފައިވާ މ. އޯކިޑު ޕްލާޒާ ތަޅާލުމުގެ މަސައްކަތް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ފަށައިފި އެވެ.
ބުނީ ކީކޭ؟ - މިނިސްޓަރު އާދަމް ޝަރީފް އުމަރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާންމުންނަށް ގެއްލުމެއް ލިބިދާނެތީ އޯކިޑު ޕްލާޒާގެ އިތުރުން ހައުސް ޕްލާޒާ އާއި ނިއު ޕްލާޒާ ތަޅާލަން ވެސް ނިންމާފައިވާ ކަމަށެވެ.
"މިގޮތުން އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފިން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަން ފާހަގަކުރައްވައި އެ މަސައްކަތް ކުރަމުން އަންނައިރު ދިމާވެދާނެ ދަތިތަކަށް އޭނާ ވަނީ މައާފަށް ވެސް އެދިވަޑައިގެންފަ އެވެ.
އެނގުން މުހިންމު - މ. އޯކިޑު އަދި ހައުސް ޕްލާޒާގައި މީގެ ކުރިން އެކި ފަހަރުމަތިން އަލިފާނުގެ ހާދިސާތައް ހިނގި އެވެ.
އެ ސަރަހައްދުގައިި ދިރިއުޅޭ މީހުން ބުނާ ގޮތުގައި އެއީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ 'އައްޑާއެކެ'ވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ