ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުހާނާ ހުޅުވައިދެއްވީ ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެވެ.
އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވަަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ތަފްސީލު - އިސްލާމީ ކުތުބުހާނާ ހުޅުވީ ސަލްމާން މިސްކިތުގެ ތިންް ވަނަ ފަންގިފިލާގަ އެވެ.
ހިތްފަސޭހަ ގޮތަކަށް އަދި ޒަމާނީ ފެންވަރަށް ތަރައްގީކުރި އެ ކުތުބުހާނާގައި 15،000 އަށް ވުރެ ގިނަ ފޮތް މިހާރު ވެސް ވަނީ ބަހައްޓާފަ އެވެ.
ތަފްސީލު - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިސްކިތްތަކުގައި ލައިބްރަރީ ގާއިމްކޮށް، މިސްކިތްތަކަށް ދިރުން ގެނުވަން ސަރުކާރުން ހާއްސަ އަހަމިއްޔަތުކަމެއް ދޭ ކަމަށެވެ.
އޭގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދިވެހި އަދީބުންގެ ފޮތްތައް އެ ލައިބްރަރީއަށް ހަދިޔާކުރަން އިލްތިމާސްކުރައްވާފަ އެވެ.
އިސްލާމީ ކުތުބުހާނާ ހަގީގަތަކަށްވެ ހުޅުވުނީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެކަމުގައި މަސައްކަތް ކުރި އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެނގުން މުހިންމު - ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާތައް އުފެއްދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
15،000 އަށް ވުރެ ގިނަ ފޮތާ އެކު އިސްލާމީ ކުތުބުހާނާ ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ