ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުރި ވޮލީ ރިޔާޒު ޓްރާންސްޕޯޓަށް ބަދަލުކޮށްފި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓަކަށް ހުރި ވޮލީ ރިޔާޒު ޓްރާންސްޕޯޓަށް ބަދަލުކޮށްފި

މި ސަރުކާރު އެކުލަވާލިއިރު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒު (ވޮލީ ރިޔާޒު) ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.
ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ރިޔާޒު އެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ ނޮވެމްބަރު 21، 2023 ގަ އެވެ.
އޭނާ ޓްރާންސްޕޯޓަށް ބަދަލުކުރި ތާރީހެއް ސާފެއް ނޫނެވެ. ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުން ޔަގީން ކުރެވޭ ގޮތުގައި ރިޔާޒު ވަނީ ސްޕޯޓްސް މިނިސްޓްރީން ޓްރާންސްޕޯޓަށް ބަދަލުކޮށްފަ އެވެ.
ރިޔާޒަކީ އިންޑޯ ވޮލީގައި ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ރެފްރީކަމުގެ ބެޖް ހާސިލު ކުރެއްވި ރެފްރީ އެވެ. އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ ކުޅިވަރަށް ހިދުމަތް ކުރުމުގަ އެވެ. މިފަދަ ތަޖުރިބާ ހުރި ބޭފުޅެއް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކި ސަބަބެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.
ވޮލީ އެސޯސިއޭޝަނުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރިޔާޒު ވަނީ މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ޗެއާމަންކަން ވެސް ކުރައްވާފަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ 2016 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ