ވިނަގަނޑާ މެދު ކަނބޮޑުނުވޭ، ދެހަފްތާ ތެރޭގައި ރަނގަޅުވާނެ: އުމަރު

މިނިވަން 50ގެ ކުޅިވަރުތަކަށް ގަލޮޅު ދަނޑުގައި އެޅި ޓާފް ޕްރޮޓެކްޓާ ތަކުގެ ސަބަބުން ވިނަތައް މަރުވެފައި ވީނަމަވެސް، ދެ ހަފްތާ ތެރޭގައި ދަނޑުގެ ވިނަތައް ރޯވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިވަން 50ގެ ކުޅިވަރުތައް ކުޅުމަށް ދަނޑުގައި އެޅި ޓާފް ޕްރޮޓެކްޓާގެ ސަބަބުން ވިނަތައް މަރުވެފައި ވާތީ ގިނަ ބަޔަކު އަންނަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުން ނެވެ.
ހޯމް މިނިސްޓަރުު އުމަރު ނަސީރު ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިނިވަން 50ގެ ކުޅިވަރުތަކަށް ގައުމީ ފުޓްބޯޅަ ދަނޑުގައި އެޅި ޓާފް ޕްރޮޓެކްޓާގެ ސަބަބުން ދަނޑުގެ ވިނަތައް އޮތް ހާލަތާމެދު ކަންބޮޑުވާން ނުޖެހޭ ކަމަށާއި ދެ ހަފްތާތެރޭގައި ދަނޑުގެ ވިނަތައް ރޯވާނެ ކަމަށެވެ.
މިނިވަން 50ގެ ކުޅިވަރުތަކުގައި ބޭނުންކުރި ހަރު ކާޕެޓް ދަނޑުގެ ވިނަގަނދޑުގައި އަޅަން ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.
މިނިވަން ދުވަހުގެ ކުޅިވަރުތައް ދަނޑުގައި ބޭއްވުމުން، ދަނޑުގެ ވިނަގަނޑު ހަލާކުވެ ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ޕޮމިސް ކަޕް ފުޓްބޯޅަ މުބާރާތާއި ވޯލްޑްކަޕް ކޮލިފައިން މެޗުތައް ކުޅުމަށް ވެސް ހުރަސް އެޅިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަތަކަކީ ފީފާ އިން ގަބޫލު ކުރާ ސްޓޭންޑަޑްގެ ވިނަތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ