މުއްސަނދި ކަމުގެ ސަބަބުން ސިޔާސީ ގޮތުން ރައީސެއް ކަނު ވެފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ

މުއްސަނދި ކަމުގެ ސަބަބުން ސިޔާސީ ގޮތުން ރައީސެއް އަނދިރި ވެފައިވާ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބަނގު ރަލުގެ ސަބަބުން ރައީސަކު އިސްތިއުފާ ދޭން ޖެހުނު ކަމަށާއި މުއްސަނދި ކަމުގެ ސަބަބުން ސިޔާސީ ގޮތުން ރައީސެއް އަނދިރި ވެފައިވާ ކަމަށެވެ.
އުމަރުގެ ޓްވީޓްގައި ބުނެފައި ވަނީ "ރަލާއި، މުދަލާއި އަންހެނުންނަކީ ރަނގަޅު މީހެއް ނުބައި މީހަކަށް ބަދަލުކޮށްލާ ތިން އެއްޗެއް. ރަލުގެ ސަބަބުން ރައީސަކު އިސްތިއުފާ ދޭން ޖެހުނު އަދި މުދަލުގެ ސަބަބުން ސިޔާސީ ގޮތުން ރައީސަކު ކަނުވެއްޖެ" ކަމަށެވެ.
އުމަރު ކުރެެއްވި ދެވަނަ ޓްވީޓުގައި ވިދާޅުވީ އަންހެނުންނާ ހެދި މާބޮޑަށް އުޅުނު ރައީސަކު ރާއްޖޭގައި ތަޅައި މަރާލި ކަމަށެވެ. އެހެން ކަމުން ކުރިން ޓްވީޓުގައި ބުނި ތިން ކަމަކީ ރަާއްޖޭގައި ތެދުވެފައި ވާ ކަންތަކެއް ކަމަށެވެ.
ރަލުގެ ސަބަބުން ރައީސަކު އިސްތިއުފާ ދެއްވި ކަމަށް އުމަރު ވިދާޅުވިއިރު، ރާއްޖޭގައި ރައީސް ނަޝީދު ފިޔަވައި އެއްވެސް ރައީސަކު އިސްތިއުފާދެއްވާފައި ނެތެވެ. މުއްސަނދި ކަމުގެ ސަބަބުން ސިޔާސީ ގޮތުން އަނދިރި ވެފައިވާ ރައީސާއި އަންހެނުންނާ ހެދި މާބޮޑަށް އުޅުނު ރައީސަކީ ވަކި ކޮންބޭފުޅުން ތަކެއް ކަމެއް އުމަރު ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ