ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ ސްރީލަންކާގެ ކޮލަމްބޯގައެވެ. ރައީސް މައުމޫން މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގައެވެ.
ރައީސް މައުމޫން އާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި އިނގިރޭސި ސަފީރު ޑޯރިސް ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ބެހޭ ގޮތުން ވަރަށް ބިނާ ކުރަނިވި މަޝްވަރާތަކެއް ރައީސް މައުމޫނާއި އެކު ކުރިއަށް ގެންދެވުނު ކަމަށެވެ.
އަދި ކްރިކެޓާއި ބެހޭ ގޮތުން ވެސް ރައީސް މައުމޫންނާއި ވާހަކަދެއްކެވި ކަމަށް ޑޯރިސްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ރައީސް މައުމޫން އަކީ ކްރިކެޓަށް ވަރަށް ލޯބި ކުރައްވާ ކުރިން ކްރިކެޓް ވެސް ކުޅުއްވި ބޭފުޅެކެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިނގިރޭސި ސަފީރާއި އެކު ކުރިއަށް ގެންދެވުނު ބިނާ ކުރަނިވި މަޝްވަރާތަކަށް ޑޯރިސް އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް މައުމޫންގެ ޓްވީޓްގައި އެމަނިކުފާނު ވަނީ ދެކުނު އެފްރިކާ އާއި އިނގިރޭސިވިލާތާއި ދެމެދު ކުރިއަށްދާ ޓެސްޓް ކުރިކެޓް މެޗްތަކުގައި އިނގިރޭސިވިލާތުން ކުރީގައި އޮތުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.
މައުމޫން ޔޫކޭ ސަފީރާ ބައްދަލުކޮށްފި، ވާހަކަދެކެވުނީ ދެގައުމުގެ ގުޅުމާއި ކްރިކެޓާއި ބެހޭ ގޮތުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ