ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަލްއުސްތާޒު އަބްދުﷲ ހަމީދު، ވަކިވެ ވަޑައިގަތުމަށް އެދިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވައި، އެ މަގާމުން އެމަނިކުފާނު މިއަދު ވަކި ކުރައްވައިފި އެވެ.
އަބްދުﷲ ހަމީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިވެ ވަޑައިގަތުމަށް އެދިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނާ ރައީސް މިއަދު މެންދުރު ބައްދަލު ކުރައްވައި، އެމަނިކުފާނުގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމު ދެ ފަހަރެއްގެ މަތިން 12 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ފުރުއްވައި، އެ މަޖިލީހަށް އެމަނިކުފާނު ކޮށްދެއްވި ގިނަ ގުނަ ޚިދުމަތްތައް ފާހަގަ ކުރެއްވި އެވެ.
އަބްދުﷲ ހަމީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިވެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނު އެ މަޖިލީހަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ރައީސް މިއަދު ސިޓީފުޅެއް ވެސް ފޮނުއްވި އެވެ.
މި ސިޓީފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން، އެމަނިކުފާނު ދިވެހި ގައުމަށް ކޮށްދެއްވާފައިވާ ވަފާތެރި އަދި ތެދުވެރި ޚިދުމަތްތަކަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚްލާސްތެރިކަމާ އެކު ރައީސް ޝުކުރު އަދާ ކުރައްވާފައި ވެ އެވެ.
ރާއްޖޭގެ ގައުމީ އަދި ސިޔާސީ ހަޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާ ކުރެއްވުމަށާއި، ހަރުދަނާ ކުރެއްވުމަށް، ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް، އަލްއުސްތާޒު އަބްދުﷲ ހަމީދު ދެއްވާފައިވާ އަހަންމިއްޔަތާއި، އެކަމުގައި އެމަނިކުފާނު ދެއްވަމުން ގެންދެވި ހަރުދަނާ ޚިޔާލުފުޅުތަކާއި، ކޮށް ދެއްވަމުން ގެންދެވި ޚިދްމަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައި ވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު، އަބްދުﷲ ހަމީދު ބަލަހައްޓަވައި ދެއްވަމުން ގެންދަވާފައި ވަނީ ވެސް ވަރަށް ގާބިލް ކަމާ އެކު، މަޖިލީހުގެ މެންބަރުންގެ އިއްޒަތާއި ގަދަރަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން، ދީމުގްރާތީ އުސޫލުތައް ނިޔާކުރާ ގޮތުގެ މަތިން އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަރަށް ރަނގަޅަށް ކަމުގައި ވެސް ރައީސް ވިދާޅުވެފައި ވެ އެވެ.
ފެބްރުއަރީ ،23 1988 ގައި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ އަބްދުﷲ ހަމީދު ހަވާލުވެ ވަޑައިގަތީއްސުރެ އެ މަޖިލީހުގެ މަސައްކަތް ނިމި، 30 ނޮވެމްބަރު 1997 ގައި، އެ މަޖިލިސް އުވާލައްވަންދެން، އެމަނިކުފާނު އެމަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައި ދެއްވަމުން ގެންދަވާފައި ވަނީ، އެމަނިކުފާނަކީ އެ މަގާމަށް ވަރަށް އެކަށީގެންވާ ގާބިލް ބޭފުޅެއް ކަން ސާބިތު ކޮށްދެއްވަމުން ކަމަށާއި، އަދި މި އަހަރު އެއްކުރެއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ވަގުތީ ރައީސެއްގެ ހައިސިއްޔަތުން، އެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްވާފައި ވަނީ ވެސް، ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ވަރަށް ފުރިހަމަކޮށް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވެފައި ވެ އެވެ. އަދި އެދުވަހު އެމަނިކުފާނަށް ވަރަށް ދަތިފުޅުވާ ގޮތަށް ކަންތައްތައް ދިމާވި ވަގުތުގައި ވެސް، އެމަނިކުފާނު ކަންތައްތައް ގެންދަވާފައި ވަނީ މަޖިލީހުގެ މެންބަރުންގެ ޝުއޫރުތަކަށް ކަމޭ ހިއްތަވައިގެން، އެމަނިކުފާނުގެ ދުރު ވިސްނުންފުޅާއި، މުއްސަނދި ތަޖުރިބާގެ އަލީގައި، ވަރަށް ހިކްމަތްތެރިކަމާއި މަޑުމައިތިރިކަމާ އެކު، ގާނޫނު އަސާސީއާ މުޅިން އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ގަބޫލުފުޅު ކުރައްވާ ކަމުގައި ރައީސް ވިދާޅުވެފައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަލްއުސްތާޒު އަބްދުﷲ ހަމީދު ވަކިވެ ވަޑައިގަތުމަށް އެދިވަޑައިގަތުމާ ގުޅިގެން އެމަނިކުފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ