ވަށަފަރު އިންޖީނުގެ ޔޫޓިލިޓީސް ކުންފުންޏާ ހަވާލުކުރާނީ ރައްޔިތުންނާ ކުންފުނިން ބައްދަލު ކުރުމުން ކަމަށް ބުނެފި

ޔޫޓިލިޓީސް ކުންފުނިން ހއ. ވަށަފަރު ރައްޔިތުންނާ ބައްދަލު ނުކުރަނީސް ރައްޔިތުންގެ އިންޖީނުގެ ޔޫޓިލިޓީސް ކުންފުންނަށް ނުނެގޭނެ ކަމަށް އެ ރަށުރައްޔިތުން ބުނެފި އެވެ.ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވަށަފަރު ކައުންސިލަރު މުހައްމަދު އަޒްލީން މިއަދު ވިދާޅުވީ އެ ރަށު ރައްޔިތުން ބޭނުން ވަނީ ދެ ފަރާތުން އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށުން އެ ރަށު އިންޖީނުގެ ނޮދަން ޔޫޓިލިޓީސް ކުންފުންޏާ ހަވާލުކުރުމަށް ކަމަށެވެ.އަދި އޭނާ ވިދާޅުވީ ޔުޓިލިޓީސް ކުންފުނި އޮތީ އަލްހާ އީދު ތެރޭގައި އެ ރަށު ރައްޔިތުންނާ "ބައްދަލުކުރާ ކަހަލަ ގޮތަކަށް" ކަމަށެވެ."ރައްޔިތުން ބޭނުން ވަނީ ޔޫޓިލިޓީސް ކުންފުންޏާ ބައްދަލުކޮށްފައި ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތީން އިންޖީނުގެ ހަވާލުކުރަން. އެ ކުންފުނިން އަންނަ އީދު ތެރޭގައި ރައްޔިތުންނާ ބައްދަލުކުރަން އަންނަ ކަހަލަ ގޮތަކަށް އޮތީ. އަޅުގަނޑުމެން ދެ ފަހަރެއްގެ މަތީން ރައްޔިތުންނާ ބައްދަލުކޮށްފިން." ކައުންސިލަރު ވިދާޅުވި އެވެ.ރައްޔިތުން ޔޫޓިލިޓީސް ކުންފުނީގެ ޓީމަކާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ހއ. އަތޮޅު އޮފީހަށް އަންގާފައިވާނޭ ކަމަށާއި ނަމަވެސް އަދި އަތޮޅު އޮފީހުގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށް ވަށަފަރު ކައުންސިލަރު ވިދާޅުވި އެވެ.ވަރަށަފަރުން ވާހަކަ ދެއްކި އެ ރަށު އާންމު ރައްޔިތަކު ވެސް ބުނީ އިންޖީނުގެ ޔޫޓިލިޓީސް ކުންފުންޏާ އެ ރަށު ރައްޔިތުން ހަވާލުކުރާނީ ޔޫޓިޓިލިޓީސް ކުންފުނީގެ ޓީމެއް އެ ރަށު ރައްޔިތުންނާ ބައްދަލުކުރުމުން ކަމަށެވެ. އަދި ޔޫޓިލިޓީސް ކުންފުންޏާ އިންޖީނުގެ ހަވާލުކުރުމުގެ ވާހަކަ ރަށު އޮފީހުން ދައްކާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.  މިހާރު ވަށަފަރުގައި ކަރަންޓު ޔުނިޓަކަށް ނަގަނީ ތިން ރުފިޔާ ފަންސާސް ލާރި އެވެ. މީގެ އިތުރުން ލައިން ފީގެ ގޮތުގައި ކޮންމެ ގެއަކުން މަހަކު 100 ރުފިޔާ ނަގަމުންދެ އެވެ. ނަމަވެސް ޔޫޓިލިޓީސް ކުންފުންޏާ އިންޖީނުގެ ހަވާލުވެއްޖެ ނަމަ ކަރަންޓުގެ އަގު ބޮޑުތަނުން ހެޔޮވެގެން ދާނެ ކަމަށާއި ލައިން ފީގެ ގޮތުގައި ނަގާ 100 ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް ވަށަފަރު ކައުންސިލަރު ވިދާޅުވި އެވެ. ނަމަވެސް ކަރަންޓް ޔުނިޓަކުން އަގުހެޔޮވާނީ ކިހާވަރެއް ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ