ކުރިއަށް އޮތް ތިން ދުވަހު މަތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދު ކުރުމަށް އިލްތިމާސްކޮށްފި

ސްޓެލްކޯ އިން މާލެ އަށް ކަރަންޓް ދިނުމަށް ބެނުން ކުރަމުން އަންނަ ޖެނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު މަތީ ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި އެވެ.
ސްޓެލްކޯ އިން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ މާލެ އަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ބޭނުން ކުރަމުން އަންނަ އަށް މެގަވޯޓްގެ ޖެނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ޖަނަރޭޓަރު ނިއްވާލައިފައިވާ ކަމަށެވެ. އަދި ޖެނެރޭޓަރަކަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ކުރިއަށް އޮތް ތިން ދުވަހު މެންދުރު 1:00 އިން ފެށިގެން ހަވީރު 5:00 އާ ދެމެދު މާލެ އަށް ބޭނުންވާ 42 މެގަވޯޓްގެ ތެރެއިން ދެ ވޯޓް މަދުވާނެ ކަމަށެވެ.
ނަމަވެސް އެ ވަގުތުތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު ދަށް ކުރުމަށް ޓަކައި އެއާކޮންޑިޝަން، އިސްތިރި ފަދަ މަތީ ކަރަންޓް ބޭނުންވާ ތަކެތި އެ ވަގުތުތަކުގައި ބޭނުންކުރުން މަދުކޮށްދޭ ނަމަ އެއްވެސް ސަރަހައްދަކުން ކަރަންޓް ކަނޑާނުލައި ހިދުމަތް ދެވޭނެ ކަމަށް ވެސް ސްޓްލެކޯ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ