ރައީސް މައުމޫން މިރޭ ރާއްޖެ ވަޑައިގަންނަވައިފި

ސިންގަޕޫރުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަތީ އާއިލީ ދަތުރުފުޅެއްގައެވެ. އެމަނިކުފާނު މިރޭ ރާއްޖެ ވަޑައިގަތީ 11:00 ހާއިރު އެވެ.
ގިނަ ދުވަސްތަކެއް ރާއްޖެ އިން ބޭރުގައި ހޭދަކުރެއްވުމަށްފަހު ރާއްޖެ ވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވެ ރައީސް މައުމޫނު ސިންގަޕޫރަށް ވަޑައިގަތީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގަ އެވެ.
ސިޔާސީގޮތުން ގައުމު ހަލަބޮލި ވެފައިވާ މި ދަނޑިވަޅުގައި ރައީސް މައުމޫނު ސިންގަޕޫރަށް ވަޑައިގަތީ އޭސީސީން
ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ރައީސް މައުމޫނާއި ސުވާލު ކުރުމަށް ހަމަޖެހިފައި ވަނިކޮށެވެ. ކުރީގެ ރައީސުން އޭސީސީއަށް ހާޒިރުކޮށް ސުވާލުކުރުމަކީ އޭސީސީގެ އުސޫލުތަކާއި ހިލާފު ކަމެއް ކަމުން
އޭސީސީއިން ސުވާލުކުރުމަށް ރައީސް މައުމޫން އަރިހަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށް ރައީސް މައުމޫނު ވަނީ އޭސީސީއަށް ވަޑައިގަންނަވާނީ އެ މަނިކުފާނު އަމިއްލަ އަށް ކަމަށް ސިޓީ އަކުން ދަންނަވާފައެވެ.
އޭގެ ފަހުން އޭސީސީ އަށް ވަޑައިނުގެން ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނުވަނީ އޭސީސީ އަށް ވަޑައިގެންނެވެނީ މިދަތުރަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މި ދަނޑިވަޅަކީ ރައީސް މައުމޫން ގެ ދަރިކަލުން ފާރިސް މައުމޫނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާ އަކާއި ގުޅިގެން ޝަރީއަތް ކުރިއަށްދާ ދަނޑިވަޅެކެވެ. ފާރިސްގެ ޝަރީއަތް ލަސްކުރުމަށްފަހު މިއަދު ވަނީ ފާރިސްގެ ޝަރީއަތް އަވަސް ކޮށް މި މަހުގެ 17 ވަނަ ދުވަަހަށް ތާވަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ